ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ރިޕޯޓު - މުަހައްމަދު ނިޒާމް (ނިޒާމްބެ)

ބޭރުން ލިބުނު ފުރުސަތާއެކު ނިޒާމްބެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް

  • ނިޒާމްބެ އެންމެ ފުރަތަމަ ކޯޗުކޮށްދިނީ އައިލޭންޑް ފުޓުބޯޅަ ކްލަބަށް
  • އެންމެ ފަހުން ހުރީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗަކަށް
  • ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުކަން ހޯދާފައިވޭ

ލީވާން އަލީ
MrLeevaan

ކ. މާލެ 1 ނޮވެންބަރު 2019 | ހުކުރު 12:21 3,731

މުަހައްމަދު ނިޒާމް (ނިޒާމްބެ) - އެފްއޭއެމް

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް އަމާޒުކޮށް، ޓީމެއް ތައްޔާރުކުރުމުގެ ޒިންމާ މި އަހަރު ތެރޭގައި މުހައްމަދު ނިޒާމް (ނިޒާމްބެ) އާ ހަވާލުކުރިއެވެ. އެގޮތުން ގައުމީ 16 އަހަރުން ދަށުގެ ޓީމާ ހަވާލުވެ ނިޒާމްބެ އައީ އެޓީމަށް ކުރިއެރުންތައް ހޯދައިދެމުންނެވެ. ނަމަވެސް އެ ޒިންމާއާ ނިޒާމްބެ ހަވާލުވިއިރުވެސް ދެކެމުން އައި ހުވަފެނެއް އޮތެވެ. އެއީ ބޭރު ލީގެއްގައި ކޯޗުކޮށްދިނުމެވެ.

ދެކެމުން އައި ދިގު ހުވަފެން ހުވަފެން ހާގީގަތަކަށްވުން

އަންނަ ޑިސެމްބަރ މަހު ފަށާ ބަންގްލަދޭޝް ޕްރިމިއަރ ލީގުގައި ވާދަކުރާ ސައިފް ސްޕޯޓިން ކްލަބުގެ ކޯޗުކަމަށް ނިޒާމްބެ ހަމަޖެއްސުމާއެކު އޭނާ ދެކެމުން އައި ދިގު ހުވަފެން ވަނީ ހަގީގަތަކަށްވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން ވަކިވުމަށްފަހު ހުވަފެނަކަށް ވެފައި އޮތީ ބޭރު ލީގެއްގައި ކޯޗުކޮށްދިނުން ކަމަށާއި، އެ ހުވަފެން މިއަދު ހަގީގަތަކަށްވުމުން ވަރަށް އުފާވާ ކަމަށެވެ.

ނިޒާމްބެ ބުނީ، ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ދޫކޮށްލީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުއާ ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ، ބައްސާމް ދެކިވަޑައިގަންނަވާ ގޮތުގައި މި ފުރުސަތަކީ ދިވެހި ފުޓުބޯޅައަށް ލިބޭ ފުރުސަތެއް ކަމަށާއި، މީގެ ސަބަބުން ދިވެހި ފުޓުބޯޅައަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.

ބޭރު ގައުމެއްގެ އެންމެ މަތީ ޑިވިޝަންގެ ކޯޗުކަން މީގެ ކުރިން ރާއްޖޭގެ އެއްވެސް ކޯޗަކަށް ލިބިފައެއް ނުވެއެވެ. އެ ޝަރަފު ނިޒާމްބެއަށް ލިބިފައިވާއިރު، ނިޒާމްބެ ބުނީ މީގެ ސަބަބުން ސަރަހައްދުގައި ރާއްޖޭގެ ފުޓުބޯޅައަށް ކުރިއެރުންތައް ހޯދޭނެއެވެ. އަދި އެހެން ކޯޗުންނަށްވެސް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ނިޒާމްބެ ބުނެއެވެ.

އަބަދުވެސް ދެކޭ ހުވަފެނެއް ބޭރު ކްލަބެއްގައި ކޯޗު ކޮށްދިނުން. ޓީސީގެ ކޯޗުކަމުން ވަކިވުމަށްފަހު ވިސްނުން ހުރީ އެގޮތަށް. ފުރުސަތަކަށް އިންތިޒާރުކޮށް ކޮށް ހުރީ. ފުރުސަތު ލިބުމުން އުފާވި. 16 އަހަރުން ދަށުގެ ޓީމުން ވަކިވާން ނިންމީ ބައްސާމްއާ ވާހަކަ ދައްކާފައި. ބައްސާމް ދެކޭ ގޮތުގައި މިއީ ދިވެހި ފުޓުބޯޅައަށްވެސް ލިބޭ ފުރުސަތެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ސަރައްދުގައި ރާއްޖެއަށް ކުރިއެރުންތަކެއް ހޯދޭނެ.

~ މުހައްމަދު ނިޒާމް (ނިޒާމްބެ)

ކުޅިވަރުގެ ތެރެއިން ނިޒާމްބެ ފުރަތަމަ ފެނިގެންދިޔައީ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި:

ފުޓުބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ނިޒާމްބެ ކުޅުންތެރިޔެއްގެ ގޮތުގައި ކެރިޔަރު ފެށީ 1991 ވަނަ އަހަރު ލެގޫންސްއިންނެވެ. އެއަށްފަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފައިވާއިރު، ޔޫތު ސްޕޯޓްސް ކްލަބް، ވެލެންސިއާއަށްވެސް ނިޒާމްބެ ވަނީ ކުޅެފައެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކެރިޔަރު ނިންމާލީ އައިލޭންޑް ފުޓުބޯޅަ ކްލަބުގައެވެ.

ގައުމީ ސްކޮޑުގައި ނިޒާމްބެ ދެފަހަރު ހިމަނާފައިވާއިރު، އަނިޔާގެ މައްސަލަތަކާ ގުޅިގެން ނިޒާމްބެއަށް ގައުމީ ޖޯޒީގައި މާ ރަނގަޅަށް ނުކުޅެވެއެވެ. ނަމަވެސް ނިޒާމްބެ ވަނީ އިންޑިއާ އަދި ސްރީލަންކާއާ ދެކޮޅަށް ރާއްޖެއިން ނިކުތް ރަހުމަތްތެރިކަމުގެ މެޗެއްގައި ކުޅެފައެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ނިޒާމްބެ ވެލެންސިއާއާއެކު ކާމިޔާބީ ހޯދި

އެންމެ ފުރަތަމަ ކޯޗުކޮށްދިނީ ކެރިޔަރު ނިންމާލި އައިލޭންޑް ފުޓުބޯޅަ ކްލަބުން:

ނިޒާމްބެ ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ އެންމެ ފަހުން ކުޅުނު އައިލޭންޑް ފުޓުބޯޅަ ކްލަބުންނެވެ. އެއަށްފަހު އއ.ރަސްދޫ ޓީމާ ހަވާލުވެފައިވާއިރު، އެޓީމަށް އަތޮޅު ޗެމްޕިއަންކަން އަދި ޒޯން ޗެމްޕިއަންކަން ނިޒާމްބެ ހޯދައިދިނެވެ. އެއަށްފަހު ގުރައިދޫ ޒުވާނުންގެ ޖަމިއްޔާގެ ކޯޗުކަމާ ނިޒާމްބެ ވަނީ ހަވާލުވެ، އެޓީމު ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފައެވެ. އަދި އެޓީމު އެފްއޭ ކަޕްގެ ސެމީ ފައިނަލާ ހިސާބަށްވެސް ނިޒާމްބެ ގެންގޮސްދިނެވެ.

ގުރައިދޫގެ ކޯޗުކަން ދޫކޮށްލުމަށްފަހު ވިޔަންސާއާ ނިޒާމްބެ ހަވާލުވިއެވެ. ނިޒާމްބެ ވަނީ އެޓީމުވެސް ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފައެވެ. އަދި އެޓީމުގެ ކޯޗުގެ ގޮތުގައި ހުރެ ނިޒާމްބެ ވަނީ ގައުމީ 19 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ. ނިޒާމްބެގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު އެފަހަރު ވަނީ އޭއެފްސީ 19 އަހަރުން ދަށުގެ ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއްވެސް ހޯދާފައެވެ.

ނިޒާމްބެ ވިޔަންސާ ދޫކޮށްލުމަށްފަހު ދެ އަހަރުގެ ބްރޭކެއް ނެގިއިރު، އެ ބްރޭކް ތެރޭގައި ފުޓުބޯޅަ މެނޭޖްމަންޓް އަދި ޔުއެފާ ބީ ލައިސަންސް ފުރިހަމަކުރިއެވެ. އެ ބްރޭކްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކޯޗުކަން ނިޒާމްބެ އަދާކުރިއެވެ.

ބްރޭކަށްފަހު 2013 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗެއް ގޮތުގައި ނިޒާމްބެ ފެނިގެންދިޔައެވެ. އޭރު ވިކްޓްރީގެ ހެޑް ކޯޗަކަށް ހުރީ ގޮފާއެވެ. ނިޒާމްބެ ވަނީ ވިކްޓްރީއާއެކު ސީޒަނެއް ހޭދަކޮށްފައެވެ.

ޓީސީއާއެކު ނިޒާމްބެ ހޯދާފައިވާ ކާމިޔާބީ

ނީޒަމްބެ ވިދާލީ ޓީސީ ސްޕޯޓްސް ކްލަބުން

ނިޒާމްބެގެ ކެރިޔަރުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވަނީ ޓީސީންނެވެ. ކުރު މުއްދަތުގައި ނިޒާމްބެ އެ ކްލަބް ނަގާ ކޮޅަށް ޖެހުން ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި އެތައް ބަޔަކު އެކަމަށް ތައުރީފްވެސް ކުރެއެވެ.

ނިޒާމްބެ ވަނީ ޓީސީއާ ހަވާލުވި އަހަރު އެޓީމު ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޓީސީ ވަނީ 2015 ވަނަ އަހަރާއި، 2016 ވަނަ އަހަރު އަދި 2017 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި 2016 އަދި 2017 ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެވަނަ ހޯދާފައެވެ.

މީގެއިތުރުން ނިޒާމްބެގެ އިރުޝާދުގެ ދަށުން 2017 ވަނަ އަހަރު ޓީސީން ވަނީ އެއްވެސް މެޗަކުން ބަލިނުވެ، ޝައިހް ކަމާލް ކަޕް ކާމިޔާބުކޮށްފައެވެ. މިއާއެކު ނިޒާމްބެ ވެގެން ގޮސްފައިވަނީ ބޭރު ކްލަބް މުބާރާތަކުން ރާއްޖޭގެ ކްލަބަކަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކޯޗަށް ވެފައެވެ. އަދި ޓީސީ ވެގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ކްލަބް މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ޓީމަށެވެ.

ފާއިތުވެދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެންމެ މޮޅު ތިން ކޯޗުންގެ ތެރޭގައި ހިމެނޭ ނިޒާމްބެ ވަނީ ފާއިތުވެދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައެވެ.

ޏިޒާމްބެ އޭނާގެ އާއިލާއާއެކު

ސައިފްއާ ނިޒާމްބެ ރަސްމީކޮށް ހަވާލުވާނީ އަންގާރަ ދުވަހު

ސައިފްގެ ކޯޗުކަމާ ރަސްމީކޮށް މި މަހުގެ ފަސްވަނަ ދުވަހު ނިޒާމްބެ ހަވާލުވާއިރު، ނިޒާމްބެގެ އުންމީދަކީ އެޓީމާއެކު ރަނގަޅު ހިސާބަކަށް ދިޔުމެވެ.

ސައިފްއާ މިދިޔަ އަހަރު ހަވާލުވެގެން ހުރީ އިންގްލޭންޑްގެ ސްޓެވާޓް ހޯލްއެވެ. އޭނާގެ އިރުޝާދުގެ ދަށުން ސައިފް މިދިޔަ ސީޒަން ނިންމާލީ ހަތަރު ވަނައިގައެވެ. މިއަހަރުގެ ލީގު ފަށާނީ ޑިސެމްބަރ މަހުއެވެ.

ބަންގްލަދޭޝް ލީގުގައި 12 ކްލަބް ވާދަކުރާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބަޝުންދުރަ ކިންގްސްއެވެ. އެޓީމުގެ ކޯޗަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުރިން ހަވާލުވެގެން ހުރި ސްޕެއިންގެ އޮސްކާ ބްރުޒޮންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް