ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - އީރާން

40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިރާނު އަންހެނުން ފުޓްބޯޅަ ދަނޑަށް

  • މެޗް ފެށުމުގެ ގިނައިރުތަކެއް ކުރިން އަންހެނުން ވަނީ މެޗްބަލަން ގޮސްފައި

އަލީ ސަމާޚް
AliSamah8

ކ. މާލެ 10 އޮކްޓޯބަރ 2019 | ބުރާސްފަތި 23:20 3,312

އިރާނު އަންހެނުން ފުޓްބޯޅަ މެޗް ބަލަން ސްޓޭޑިއަމްގައި - ބީބީސީ

ފާއިތުވެދިޔަ 40 އަހަރު ތެރޭގައި ފުރަތަމަ ފަހަށް އިރާނުގެ އަންހެނުން ފުޓްބޯޅަ ސްޓޭޑިއަމަށް ޓިކެޓް ގަނެގެން ވަދެ މެޗެއް ބަލައިފިއެވެ.

1979 ވަނަ އަހަރު އިސްލާމިކް ރިވޮލޫޝަން އައިތާ ކުރު މުއްދަތެއްގެ ފަހުން އަންހެނުންނަށް ފިރިހެނުން ކުޅޭ ކުޅިވަރުތައް ބަލަން ދިޔުން އޮތީ މަނާކޮށްފައެވެ. މުނާސަބަތު ފަހަރެއްގައި ނޫނީ، ބަޔަކަށް މެޗެއް ބަލާލުމަށް ވަދެވުނަސް އެކަން އޮތީ މަނާކޮށްފައެވެ.

ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އިތުރުން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އަންހެނުން ޖަމިއްޔާގެ ފިއްތުންތަކުގެ ސަބަބުން ބުރާސްފަތި ދުވަހު އޭޝިއަން ކޮލިފައިން ގައި އިރާނުން ކެމްބޯޑިއާ ދެކޮޅަށް 78،000 މީހުންގެ ޖާގައިގެ އަޒާދީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އަންހެނުންނަށް ވަނީ 3000 ޓިކެޓް ލިބޭގޮތް ހަމަޖައްސާފައެވެ.

ސްޓޭޑިއަމްގެ ވަކި ސަރަހައްދެގައި އަންހެނުންނަށް ހާއްސަކޮށްގެން ޓިކެޓް ވިއްކާފައިވާއިރު، އާއިލާގެ ފިރިހެންވެރިންނާއި އެކު އަންހެނުންނަށް މެޗް ބަލަން ނުދެވޭތީވެ ބައެއް މީހުން ވަނީ ފާޑުކިޔާފައެވެ.

ޝޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވާ ވީޑިއޯ އަކުން ފެންނަނީ މެޗް ފެށުމުގެ ދެގަޑިިއިރު ކުރިން އަންހެންވެރިން މެޗް ބަަލަން ވަންނަ ތަނެެވެ. އަންހެނުންނަށް ދަނޑަށް ވަދެވޭ ފަދަ މަންޒަރުތައް ކުރިޔަށް އޮތްތަނުގައި ފެނިދާނެތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

އިރާނުގެ ފާސް ނޫސް އެޖެންސީން ނެރުނު ރިޕޯޓެއްގައި ވަނީ އަންހެނުން މެޗްތައް ބަަލަން ނިކުމުގެ ސަބަބުން އެމީހުން ހަޑި ހުތުރު ބަހާށާއި، މަސްތުވާތަކެތީގެ އިތުރުން ހަމަނުޖެހުންތަކަށް ފުރުސަތު ހުޅުވިގެން ދިޔުން އެކަށީގެންވާ ކަމަށް ބުނެ އޮފިޝަލުން ވަނީ އިންޒާރުދީފައެވެ.

އިރާނުގެ އަންހެނުން ފުޓްބޯޅަ މެޗްތަކަށް ވަނުމުގެ ހުއްދަ ދިނުމަށް ފީފާއިން ފިއްތުންތައް ކުރިމަތި ކޮށްފައިވަނީ، ފުޓްބޯޅާ މެޗެއް ބަަލަންވެގެން ވަންނަ އުޅުނު ސަހަރް ހޮދްޔާރީ ކިޔާ އަންހެނަކު ހުއްޓުވުމުން އޭނާ އަމިއްލައިން މަރުވުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް