ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 19:58
އޭޖީ އޮފީސް
އޭޖީ އޮފީސް
އޭޖީ އޮފީސް
މަދަނީ އިޖުރާއަތުގެ ބިލު
މަދަނީ އިޖުރާއަތުގެ ބިލުގެ ހިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުޅުވާލައިފި
 
މަދަނީ އިޖުރާއަތުގެ ދެލިކޮޕީ ބަންޑާރަ ނައިބުގެ އޮފީހުގެ ވެބްސައިޓުން ފެންނާނެ

ދިވެހިރާއްޖޭގެ މަދަނީ އިޖުރާޢަތުގެ ބިލަށް ޢާންމުންނަށާއި ކަމާބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން އަންގާރަ ދުވަހު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ މަދަނީ އިޖުރާޢަތުގެ ބިލަކީ މަދަނީ ދަޢުވާތަކާބެހޭ އުޞޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުޞޫލުތަކާއި، ހެއްކާބެހޭ ބައެއް އުޞޫލުތައް ބަޔާން ކުރާ ބިލެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުޞޫލުތަކާއި، ޙުކުމް ތަންފީޒުކުރުމާގުޅޭ އުޞޫލުތަކާއި، އިސްތިޢުނާފުކުރުމާގުޅޭ އުޞޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާޢަތާގުޅޭ ޢާންމު އުޞޫލުތައް، ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުޞޫލުތަކަށްވެސް ރިޢާޔަތްކުރުމާއެކު އެކުލަވާލާފައިވާ ބިލެެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ޢާންމުންގެ ޚިޔާލަށާއި ކަމާބެހޭ ފަރާތްތަކުގެ ޚިޔާލަށް ހުޅުވާލައި، މިއަދު ޢާންމުކުރި މަދަނީ އިޖުރާޢަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އޭޖީ އޮފީހުން ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރ އިމެނުއަލް ގުއިންޝާޑެވެ.

މަދަނީ އިޖުރާޢަތުގެ ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މަދަނީ އިޖުރާޢަތުގެ ދެލިކޮޕީ ބަންޑާރަ ނައިބުގެ އޮފީހުގެ ވެބްސައިޓުގައި މިހާރުވަނީ ޢާއްމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި