ބުދަ 23 އޮކްޓޯބަރ 2019
06 ހެއި
1441 ސަފަރު 24
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
މަޣްރިބް 17:52
އިޝާ 19:05
ދުނިޔެ - އަބްރާރް ފަހަދު މަރާލުން

ޔުނިވަރސިޓީ ދަރިވަރަކު މަރާލި މައްސަލައިގައި ބަންގްލަދޭޝްގައި މުޒާހަރާކުރަނީ

  • މުޒާހަރާތައް ކޮށްފައިވަނީ ވެރިރަށް ޑާކާއާއި ރާޖްޝާހީ ސިޓީގައި
  • މުޒާހަރާތަކުގައި ގިނައިން ބައިވެރިވެފައިވަނީ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުން
  • މަރާލި ދަރިވަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އޭނާ ކިޔަވަމުން ދިޔަ ކޮލެޖުގެ ނުވަ ދަރިވަރަކު ހައްޔަރުކޮށްފައި

އަމަން ހަލީމް
soupized

ކ. މާލެ 8 އޮކްޓޯބަރ 2019 | އަންގާރަ 12:26 2,672

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރި މުޒާހަރާގެ ތެރެއިން - އަލްޖަޒީރާ

ބަންގްލަދޭޝްގައި ވެރިކަންކުރާ އަވާމީ ލީގް ޕާޓީގެ ސްޓޫޑެންޓް ވިންގް - ޗަތްރާ ލީގަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ވެގެން ދަރިވަރަކު މަރާލި ކަމަށް ބުނެ ބަންގްލަދޭޝްގައި މުޒާހަރާކޮށްފިއެވެ.

ހޯމަ ދުވަހު އޮތް މުޒާހަރާގައި ބައިވެރިވެފައިވަނީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނެވެ. ވެރިރަށް ބަންގްލަދޭޝް އަދި ރާޖްޝާހީ ސިޓީގައި ކުރި މުޒާހަރާތަކުގައި، ގިނަ އަދަދަކަށް ޔުނިވަރސިޓީ ދަރިވަރުން ބައިވެރިވެފައިވެއެވެ.

އަބްރާރް ފަހަދް ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނާ ކިޔަވަމުން ދިޔައީ ބަންގްލަދޭޝް ޔުނިވަރސިޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައެވެ. އޭނާ މަރާލާފައިވަނީ، އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު މި ފަހުން ވެވުނު ފެން ބޭނުންކުރުމުގެ އެއްބަސްވުމާ ގުޅޭގޮތުން ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ބަންގަލަދޭޝްގެ ފެނި ކޯރުން 185،532 ލީޓަރުގެ ފެން ކޮންމެ ގަޑި އިރެއްގައި އިންޑިއާއަށް ނެގޭ ގޮތަށް އެއްބަސްވެފައިވަނީ، ހޮނިހިރު ދުވަހުގައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މުޒާހަރާގެ ބައިވެރިންވަނީ އަބްރާރްގެ މަރަށް އިންސާފު ލިބެން ޖެހޭނެ ކަމަށް ބުނެ އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ތުހުމަތުގެ އިނގިލި ޗަތްރާ ލީގަށް ނިސްބަތްކޮށް، އެކަމާއި މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށް ވެސް އަޑު އުފުލާފައެވެ.

ފަހަދްގެ އޮޓޮޕްސީ ހެދި ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނެފައިވަނީ، އޭނާ މަރުވީ ކްރިކެޓް ސްޓަމްޕާއި ބެމްބޫ ލަޓިބުރި ތަކުން ދިން ހަމަލާތަކެއްގެ ސަބަބުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން، ފަހަދް ކިޔަވަމުން ދިޔަ ޔުނިވަރސިޓީގެ ނުވަ ދަރިވަރަކު ހައްޔަރުކޮށްފައިވާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތައް ވެސް ހިމެނެއެވެ. ހަމަލާދިނުމުގައި ބައިވެރިވީ ފަރާތްތައް ދެނެގަނެފައިވަނީ، ސީސީޓީވީ ފުޓޭޖުން ކަމަށް ޑާކާގެ ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް