ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 17:50
ސާޖިއޯ ރާމޯސް
ސާޖިއޯ ރާމޯސް
ގޯލް.ކޮމް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: މެޑްރިޑް ޑަރބީ އެއްވަރުވެގެން ނިމިއްޖެ
 
މި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުން

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް އަދި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެންދިޔައީ 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑް ކުޅުންތެރިން ބޯޅަ ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަކެއް އެތްލެޓިކޯގެ ގޯލަށް ފޮނުވައިލައިފައިވާއިރު ރެއާލް މެޑްރިޑްގެ ބޭލް އަދި ބެންޒެމާއަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބޭލް އެތްލެޓިކޯގެ ދެ ކުޅުންތެރިންގެ ގާތުން ނައްޓާލުމަށްފަހު ފޮނުވައިލި ބޯޅަ އެތްލެޓިކޯގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އަދި އެޑެން ހަޒާޑް ނަގައިދިން ހުރަސް ހުސްކޮށް ހުރެ ބެންޒެމާ ފޮނުވައިލިއިރު ބެންޒެމާ ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ވަނީ ބޭރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު އެތްލެޓިކޯއިން ވަނީ މިހާފުގައި ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މި ސީޒަނުގައި އެޓީމާއި އަލަށް ގުޅުނު ފޯވާޑް ޖޮއާއޮ ފީލިކްސް ވަނީ ރެއާލުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވައިލައިފައެވެ. މި ހަމަލާތައް ރެއާލްގެ ޑިފެންޑަރުން އަދި ކީޕަރު ވަނީ ހުށިޔާރުކަމާއި އެކު ދިފާއު ކޮށްފައެވެ.

މި ނަތީޖާއާއި އެކު ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތް އިރު ލީގު ތާވަލުގެ ދެވަނައިގައި 14 ޕޮއިންޓާއެކު އޮތީ ގްރެނާޑާއެވެ. އަދި މެޗުން ބަލިވި އެތްލެޓިކޯ މެޑްރިޑް އޮތީ ލިބުނު 14 ޕޮއިންޓާއެކު ލީގު ތާވަލުގެ ތިން ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް