ބުރާސްފަތި 04 ޖޫން 2020
02 މިއަހެލި
1441 ޝައްވާލް 12
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:17
އިޝާ 19:34
ކްލައިމެޓް ޗޭންޖް

ދުނިޔެ ހޫނުވެ، އުޅެން ނުކުޅަދާނަ ވެގެން ދާއިރު، ފައިސާ ހޯދުމުގެ ބޭނުމަކީ ކޮބާ؟

  • ސްޓްރައިކް ބޭއްވުނީ ބުރާސްފަތި ދުވަހު
  • ކުޑަކުދިންވެސް ބައިވެރިވި

ކ. މާލެ | 27 ސެޕްޓެންބަރ 2019 | ހުކުރު 14:05 | 2,502

ފާތިމަތު ނަފްއަތު، 16 އަހަރު - ރާއްޖެއެމްވީ

ދުނިޔެ ހޫނުވެ ފެނުގެ ލެވެލް މައްޗަށް ގޮސް، މުޅި ދުނިޔެ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި އޮތް ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ދެދުވަހުން އެއްދުވަހު ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން ކޮންފަރެންސްތަކަށް ޖަމާވެ ދައްކަމުން ގެންދަނީ ދުނިޔެ ނުރައްކަލުގެ ތެރޭގައި އޮތް ކަމަށާއި މޫސުމަށް އަންނަ ބަދަލުތައް، ނުވަތަ ކްލައިމެޓް ޗޭންޖްގެ ސަބަބުން އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމުގެ ވާހަކައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރިކަން އެންމެ ބޮޑު އެއް ޤައުމަކީ މި ކުޑަކުޑަ ދިވެހިރާއްޖެއެވެ.

ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އަތް މަތީގައި ވަގުތުން ވަގުތަށް ފިޔަވަޅުއެޅުމުގެ ބާރު އޮތް ނަމަވެސް ހަމައެކަނި އަމަލުކުރާނެ ކަމަށް ބުނެ އެ އަމަލު ތަންފީޒް ކުރުމުގައި އެ ފަރާތްތައް ވަނީ ފެއިލްވެފައެވެ. އިނގިރޭސި ބަހުރުވައިން ބުނާނަމަ "އޯލް ޓޯކް އެންޑް ނޯ އެކްޝަން" އެވެ. ފައިސާގެ ދަހިވެތިކަމުގައި، ވާ އެއްޗެއް ވުމަށް ދޫކޮށްލާފައި އޮތް ވާހަކަ ބުނެލަން ކެރުނީ އެންމެ 16 އަހަރުގެ ފާތިމަތު ނަފްއަތަށެވެ. އަދި ނަފްއަތު ފަދަ އެތައް ދިވެހި ޒުވާނުންނަށެވެ. މި ކަމާއި ދެކޮޅަށް ތެދުވަން ކެރުނީ މިހާރު ރާއްޖޭގައި ކުރެވެމުންދާ މޫސުމާއި ބެހޭ ހަޅުތާލުގެ ބައިވެރިންނަށެވެ.

ބުރާސްފަތި ދުވަހު ވެލާނާގެ ކުރިމަތީގައި ހުރެ ނަފްއަތު ބުނީ އޭނާ ސްކޫލް ކުއްޖަކަށް ވެ ހުރެ، މި ހަޅުތާލަށް ނިކުންނަން ޖެހުނީ އޭނާގެ މުސްތަގުބަލަށްޓަކާ ކަމަށެވެ. އަދި އޭނާ ފަދަ އެތައް ކުދިންނެއްގެ މުސްތަގުބަލަށްޓަކައި ކަމަށެވެ.

ސޯ މިހާރު އަޅުގަނޑުމެން މިވާ އިންޖަސްޓިސް (ބޭއިންސާފް) އާއި ބެހޭ ގޮތުން ވާހަކަ ނުދައްކަންޏާ ދެން ދުވަހެއް ނޯންނާނެ ދޯ މިކަން ރަނގަޅު ކުރާކަށް. މިހާރު އަހަރުމެން މިޖެހެނީ ދޯ މިކަން ކުރަން. ދަ ޔަންގަރ ޔޫތް (ފުރާވަރުގެ ޒުވާނުން) މިޖެހެނީ ނުކުމެ މިހުރިހާ ވާހަކަތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަން އަޑުއުފުލަން. ޕޮލިސީ މޭކާރޒް އަށް މިކަން އަންގައިދޭން ދޯ މިޖެހެނީ. މިއީ އަސްލު ވަރަށް އިމްޕޯޓެންޓް (މުހިންމު) ކަމެއް ކަން. މިކަމާއި ބެހޭ ގޮތުން އެމީހުންނަށް ވީހާވެސް އަވަހަކަށް އެކްޝަން ނެގުމަށް އެންކަރޭޖް ކުރަން (ބާރުއަޅަން). އަސްލު ޕޮލިސީ މޭކާރޒް އަށް އިނގޭނެ ދޯ، މިއީ ކިހާވަރެއްގެ ކަމެއްކަން. އަސްލު އެމީހުން މިއަށް އިމްޕޯޓެންސް ދޭން ޖެހޭނެ ކަން. ބަޓް މޯސްޓް އޮފްދަ ޕޮލިސީ މެކާރޒް ތިބެނީ. އެމީހުންގެ މައިންޑްސެޓް (ވިސްނުން) އޮންނަ ގޮތަކީ އަބަދުވެސް، ދެޓް ދޭ އާރ ވާރކިން ފޮރ މަނީ (ފައިސާއަށޭ މަސައްކަތް ކުރަނީ). ދުނިޔެވީ ބެނެފިޓްސްތަކަށް ބޮޑަށް އެމީހުން ފޯކަސް ވެފައި ހުންނަނީ. ފިއުޗަރގައި ވާނެ ކަންކަމާއި މެދު އެހާ ވަރަކަށް އެމީހުން ނުވިސްނާ. އައި ޖަސްޓް ވޯންޓު ސޭ ހުރިހާ ޕޮލިޓީޝަންސް ކައިރީގައި އެމީހުން މިހާރު މަނީ (ފައިސާ) އަށް ވޯރކް ކުރާ އިރު، ދުނިޔެ އެއް ނޯންނަ އިރު މަނީ ޔޫސް ކުރާނީ ކޮންތަނެއްގައި ހޭ؟ ދެއާރ އިޒް ނޯ ޕޮއިންޓް އޮފް އާރނިންގް ސޯ މަޗް މަނީ އިފް ދެއަރ އިޒް ނޮތް ގޮއިންގް ޓު ބީ އަ ޕްލެނެޓް ދެޓް ވީ އާރ ގޮއިންގް ޓު ލިވް.( އުޅޭނެ ދުނިޔެއެއް ނޯންނާ މުސްތަގުބަލެއްގައި ފައިސާ ހޯދުމުގެ ބޭނުމެއް ނެތް)

~ ފާތިމަތު ނައްފަތު

ސިޔާސަތުތައް ކަނޑައަޅަން ތިބި ފަރާތްތަކަށް ރާއްޖެ އަށް ކުރިމަތިވެފައިވާ މި ބޮޑު ބިރުވެރިކަމުގެ އަޑުއިއްވައި ދިނުމަށް ނަފްއަތާއެކު އެ އުމުރުގެ އެތައް ކުދިންނެއް ވަނީ ބައިވެރިވެފައެވެ.

16 އަހަރުގެ ޝަޒާ ވަހީދުވެސް ބުނީ އޭނާވެސް ހަޅުތާލަށް ނުކުތީ އޭނާގެ މުސްތަގުބަލަށްޓަކާ ކަމަށެވެ. މިއަދު އެކަމަށް ފިޔަވަޅު ނޭޅިއްޖެ ނަމަ، މާދަމާއެއް ނޯންނާނެ ކަމަށާއި އޭނާ ބޭނުންވަނީ ފަހި މުސްތަގުބަލެއް ކަމަށެވެ.

ޝަޒާ ވަހީދް، 16 އަހަރު

މިހާރު މިއުޅޭ ބޮޑު މީހުންގެ ފިއުޗަރ އެއް ނޯންނާނެ 8 އިޔާރޒް ވަންދެން، ވީއާރ ގޮއިންގް ޓު ހޭވް އަވަރ ފިއުޗަރ އެގަޑީގައި. ސޯ 8 އިޔާރޒް ގެ ފަހުން އައިޑޯންތް ތިންކް ވޯލްޑް އޮންނާނޭ. ރާއްޖޭގެ މީހުން އެބަޖެހޭ މިކަމަށް އެވެއާރ ވެގެން ނުކުންނަން. ސްޓޫޑެންޓްސް ބޮޑަށް. ކޯޒް ސްޓޫޑެންޓްސް ގެ ފިއުޗަރ މީގައި އޮންނާނީ. ސްޓޫޑެންޓްސް ޖެހޭނެ ނުކުންނަން. ދޭ ހޭވް ޓު ފައިތް ފޯ ދެއަރ ފިއުޗަރ. އައިމް ފައިޓިންގް ފޮރ މައި ފިއުޗަރ ނައު. އައި ނީޑް މައި ފިއުޗަރ. ވޯރލްޑް އެއް ނެތްތާގައި އައި ކާންޓް ލިވް ދޯ؟އިޓްސް މައި ފިއުޗަރ

~ ޝަޒާ ވަހީދު

ޝަޒާއާއި ނަފްއަތު ފަދަ ހިތްވަރުގަދަ ކުޑަކުދިންގެ އަޑު ބުރާސްފަތި ދުވަހުގެ ހަޅުތާލުގައި އިވިގެން ދިޔައިރު، މި ހަޅުތާލުގައި އެކި އުމުރުފުރައިގެ މީހުންވަނީ ބައިވެރިވެފައެވެ. މި ކުދިން އަޑުއުފުލާފައިވަނީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ބޭނުމުގައެވެ. ލިބިފައިވާ ބާރުތަކުގެ ބޭނުން ރަނގަޅަށް ހިފާ، މި ކުޑަކުޑަ ރާއްޖެ ސަލާމަތް ކުރުމަށް އެދިއެވެ. ހަމައެކަނި ކޮންފަރެންސްތަކުގައި ރާއްޖެ ސަލާމަތް ކުރުމަށް ފިޔަވަޅު އަޅާނަމޭ ބުނުމުގެ ބަދަލުގައި، އަމަލުން އެކަން ދެއްކުމަށް އެދިއެވެ.

ހަޅުތާލުގެ ބައިވެރިއެއް ކަމަށް ވާ 35 އަހަރުގެ ލިއުޝާ ގޮވާލާފައިވަނީ ޒަމާނާއި އެއްވަރަށް، ޓެކްނޮލޮޖީ ތަރައްގީވެ، ރަނގަޅުގޮތުގައި އޭގެ ބޭނުން ކުރުމަށެވެ

އައިޝަތު ލިއުޝާ، 35 އަހަރު

ދުނިޔެ ރޯވާ ކަމަށް ދުނިޔޭގެ ސައިންޓިސްޓުން ބުނަމުން ދާއިރުވެސް އަދިވެސް އަޅުގަނޑުމެން މިދަނީ، ކޮންފަރެންސްތަކަށް ގޮސްފައި މިބުނަނީ އަޅުގަނޑުމެންނަށް މި ކަންތައްތައް ހައްލު ކުރާނެ ކަމުގައި. އަޅުގަނޑުމެން ބޭނުންވަނީ ހައްލު ކުރާނެ ކަމުގެ ވައުދެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިހާރު މިކަންތައްތައް ހައްލު ކުރަން. މިހާރު ދުނިޔޭގައި އެވަރުގެ ޓެކްނޮލޮޖީޒްތައް އެބަހުރި. އަޅުގަނޑުމެންނަށް ހަގީގަތުގައި މިއި ސަރުކާރުން ކުލޭ ގޭމެއްގެ ގޮތުގައި. ކޮންމެ ފަހަރަކުވެސް އިލެކްޝަންގެ ވައުދެއްގެ ގޮތުގައި. މި ފެންނަނީ ބަނދަރުހެދުމާއި އެއާރޕޯޓު ހެދުމާއި ރަށްތައް ހިއްކާލާފަ، ރުށްގަސްތައް އުފުރާލާފަ، މިގޮތަށް ސަރުކާރުތަކުގެ އަމަލުތައް މިހުންނަނީ. ހަގީގަތުގައި ޖަޒީރާވަންތަ ގައުމު ސަލާމަތެއް ނުކުރެވޭ

~ އައިޝަތު ލިއުޝާ

2020 ވަނަ އަހަރު ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް މަސައްކަތް ކުރުމުގެ ސިޔާސަތު އެކުލަވާލާފައި އޮތްއިރު، 2019 ވަނަ އަހަރުވީއިރުވެސް އެ ކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނެތް ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. ހަޅުތާލުގެ ބައިވެރިން ރާއްޖޭގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރިއެވެ. އެދުވަހު މަޖިލީހުގެ އެންވަޔަރަމެންޓަލް އެންޑް ކްލައިމްޓް ޗޭންޖް ކޮމެޓީއާއި ހަޅުތާލުގެ މެމްބަރުން ކުރި ސުވާލަށް އެ ކޮމެޓީ އިން ދިން ޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫން ކަމަށް އެމީހުންވެސް ދެކެއެވެ.

މިކަން ފާހަގަކޮށް 21 އަހަރުގެ އިނާސް ރަޝީދް ބުނީ ސަރުކާރު ބަދަލުވުމަކީ ދެއްކޭނެ އުޒުރެއް ނޫންކަމަށެވެ. އެ ޒުވާނާ ބުނާ ގޮތުން ނަމަ ތިމާވެށި ރައްކާތެރި ކުރުމަކީ ހުރިހާ ސަރުކާރެއްގެ ވެސް ޒިންމާއެކެވެ.

އިނާސް ރަޝީދް، 21 އަހަރު

ދާދި ފަހަކުން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ކޮމެޓީއާއި ބައްދަލުކޮށްފަ ވާހަކަ ދައްކާފަ ވާނީ. ކްލައިމެޓް ޗޭންޖެސް އާއި ބެހޭ ގޮތުން. ދެން އަޅުގަނޑު މެން ކޮށްލި ސުވާލެއް އެއީ 2020 ވަނަ އަހަރާއި ހަމަޔަށް ކާބަން ނިއުޓްރަލް ގައުމަކަށް ހަދަން ވެގެން ރާއްޖޭގައި ޕޮލިސީ އޮތް ވާހަކަ. ދެން އެވާހަކަ އަޅުގަނޑުމެން ސުވާލު ، ދެން މުގައްރިރާއި ކޮށްލުމުން އަޅުގަނޑުމެންނަށް ލިބުނު ޖަވާބަކީ ސަރުކާރު ބަދަލުވުމާއި ގުޅިގެންނޭ، ބަދަލުވަމުންދާތީ އޭ އިމްޕްލިމެންޓް ނުކުރެވި އޮތް ވާހަކަ. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ތިމާވެއްޓާއި ސަރުކާރު ބަދަލުވުމާއި އަސްލު. ދެއަރ އިޒް ނޯ ކަނެކްޝަން އެޓް އޯލް މީގަ. ކޮންމެ ސަރުކާރެއް ވިޔަކަސް ބަލަން ޖެހޭނެ އަޅުގަނޑުމެންގެ މިނާޒުކު ތިމާވެށި ހިމާޔަތް ކުރެވޭތޯ

~ ެިއިނާސް ރަޝީދު

ރާއްޖެ މިހާ ނާޒުކު ފައްތަރެއްގައި އޮތް އިރު، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އާންމުން އެކަށީގެންވާ މިންވަރަށް ހޭލުންތެރި ނުވުމަކީ ވެސް ގަބޫލުކުރަން ޖެހިފައިވާ ދެރަ ހަގީގަތެވެ. މިކަމުގައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މުޅި ތައުލީމީ ނިޒާމު ފެއިލް ވެފައިވާ ކަމަކީ ހަގީގަތެކެވެ.

އައިޝަތު ލިއުޝާ، 35 އަހަރު

ސްކޫލް ސިސްޓަމްގައި މިހާރު ކުރެވެމުންދާ ކަންތައްތަކަކީ ހެޑްލައިން އަޅާލަން ކުރާ ކަންތައްތަކެއް ކަމަށް އަޅުގަނޑު ދެކެނީ. އަސްލު މިހެން މި ބުނެވެނީ އެހަލަ ސަސްޓެއިނެބްލް ކަމެއް ކުރެވެމުން ދާނަމަ އަސްލު އަހަރެމެން ތެރެއިން ގްރަޓާ ތަންބާރގް ކަހަލަ ކުއްޖެ ހުންނާނޭ. ދިވެހި ރާއްޖޭގައި ހުންނާނޭ

~ އައިޝަތު ލިއުޝާ

ދުނިޔޭގެ ފާހަގަކޮށްލެވޭ ފަދަ ލީޑަރުން ވެސް ލަދުން އިސްދަށަށް ޖައްސުވާލި ގްރޭޓަރ ތަންބާރގް ކަހަލަ ކުއްޖެއް ނެތުމަކީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެން ލަދު ގަންނަން ޖެހޭ ކަމެކެވެ. ބޮޑު ނުރައްކަލުގެ ތެރޭގައި އޮތް ކަން އެނގޭއިރުވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ދެރަވާން ޖެހޭ ކަމެކެވެ.

ހުސެއިން ޝައިހާން، 20 އަހަރު

މި ސައިންސް އަޅުގަނޑު މެންނަށް އެނގޭތާ 40.. 50 އަހަރު އިނގޭތޯ. މި 40.. 50 އަހަރު މި ވާއިރު އަޅުގަނޑުމެންނަށް ފެނިފައެއް ނެތް އިނގޭތޯ މިއަށް ފިޔަވަޅެއް އެޅޭތަން. މިހާރު މި.. މޫސުމަށް މި އަންނަ ބަދަލުތަކުގެ ސަބަބުން ހަމަ އެކަނި ދުނިޔެ ހޫނުވަނީ އެއް ނޫން. މޫސުމަށް އަންނަ ބަދަލުތައް ބޮޑުވަނިއެއްނޫން. މޫސުން ގޯސްވަނިއެއްނޫން. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފަޅުތަކަށް ވެސް، ފަރުތަކަށްވެސް ވަރަށް ބޮޑު އަސަރެއް ކުރޭ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރަށްތައް ގިރެނީއެއްނޫން. މަސްވެރިކަމަށް ވެސް އަސަރު ކުރޭ

~ ހުސެއިން ޝައިހާން

މިއަދު އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅިގެންނާއި އެކި ފަރާތްތަކުން ކުރަމުން ގެންދެވޭ އަމަލުތަކުގެ ސަބަބުން މުޅި ރާއްޖެއަށް ވެސް އެތައް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. މިހާރު އަޅުގަނޑުމެންނަށް މާގިނަ ދުވަހެއް ނެތެވެ. ނަފްްއަތުއާއި ޝަޒާފަދަ ކުުދިންގެ އަޑު އައްސަވާށެވެ.

ތަރައްގީ އަކީ ގަސް ކަނޑާ ބިން ހިއްކުމެއް ނޫނެވެ. އުސް އިމާރާތްތަކާއި ޕާކުތަކެއްވެސް ނޫނެވެ. ތަރައްގީގެ ނަމުގައި ކަނޑު ފަޅުތައް ހަލާކު ކުރުން ހުއްޓާލައްވާށެވެ. ހަގީގީ ތަރައްގީ އަކީ ރާއްޖެއަށް ލިބިފައިވާ ރީތި ގުދުރަތް ހިމާޔަތްކުރުމެވެ. ތަރައްގީ ކުރަންވީ އެއާރޕޯޓުތަކެއް ނޫނެވެ. ދިވެހިންގެ ވިސްނުމެވެ.

މިހާރު ދެ އަތް އުރާލައިގެން ތިބެވޭކަށް ނެތެެވެެ. ރާއްޖެ މާދަމާވެސް އަޑިއަށް ގޮސްފި ނަމަ ދެން އަހަރުމެން ވަންނާނީ ކޮންތާކަށް ތޯއެވެ. އަޅުގަނޑުމެންގެ ދިވްހި ދަރިން ސަރުކާރަށާއި ސޔާސަތު ކަނޑައަޅާފައިވާ ފަރާތްތަކަށް މި ގޮވާލަނީ އަޅުގަނޑުމެން ލޯބޮވާ ކުޑަ ކުޑަ ދިވެހި ރާއްޖެ ސަލާމަތް ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.