ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 18:44
މުބާރާތުގެ ހިންގާ ކޮމެޓީ
މުބާރާތުގެ ހިންގާ ކޮމެޓީ
އަތޫފް އާތިފް
ޕްރެޒިޑެންޓް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތެއް ބާއްވަނީ
 
މި މުބާރާތުގައި މަޝްހޫރު ގިނަ ކުޅުންތެރިން ކުޅޭނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޕްރެޒިޑެންޓް އިންވިޓޭޝަނަލް ބީޗް ވޮލީ މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ކުޅުންތެރިނq ބައިވެރިވާނެ ކަމަށް މޯލްޑިވްސް ވޮލީބޯލް ވެޓަރެންސިން ބުނެފިއެވެ.

މި މުބާރާތުގައި ނޯތު އެމެރުކާ، ސައުތް އެމެރިކާ، ޔޫރަޕް އަދި އޭޝިޔާގެ މަޝްހޫރު ގިނަ ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ދެ ޕެއާ ވެސް މި މުބާރާތުގައި ވާދަކުރާނެއެވެ. އެ ދެ ޕެއާ އަކީ ނިމިދިޔަ އައިއޯއައިޖީގައި މެޑަލް ހޯދި ޕެއާ އާއި ވެޓެރެންސް ޕެއާއެވެ. މި މުބާރާތް ކުރިޔަށްދާނީ ތިން ޑިވިޒަނަކަށް ބަހައިލައިގެން ކަމަށް މޯލްޑިވްސް ވޮލީބޯޅަ ވެޓެރެންސް އިން ބުނެއެވެ.

މިމުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން. އެއީ ޕްރޯ ޑިވިޝަންއަކާއި ރެކް ޑިވިޝަން އަދި ކޮޓްރޯ ޑިވިޝަން. ރެކް ޑިވިޝަން ކުރިއަށްދާނީ މާ ސީރިއަސް ނޫން، ތަންކޮޅެއް މަޖާގޮތަކަށް. ނަމަވެސް ޕްރޯ ޑިވިޝަން ކުރިއަށްދާނީ ވަރަށް ސީރިއަސްކޮށް އެންމެ މަތީ ފަންތީގެ ކުޅުންތެރިން ކުޅޭ ޑިވިޝަންއެއްގެ ގޮތަށް. ރާއްޖެއަށް މިފަދަ މުބާރާތެއް ކުރިއަށް ގެންދެވޭތީ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މިމުބާރާތުގެ ފަންނީ އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދޭނީ އެމެރިކާގެ ކުންފުންޏަކުން ނާއި ބީޗް ވޮލީ ބޯލް ތައިލެންޑް ކުންފުޏަކުން. މިމުބާރާތް ކުރިއަށްދާނީ މިދެ ކުންފުނީގެ އެހީތެރިކަމާއެކު.
ވޮލީ ކޯޗު އަނީސް

ވޮލީ ކޯޗު އަނީސް ބުނީ މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށާއި، ރާއްޖެއަށް ވުރެ ބީޗް ވޮލީ މުބާރާތެއް ބާއްވަން އެކަށޭނެ މަންޒިލެއް މި ސަރަހައްދުގައި ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުން ބޭނުން ވާ ގޮތަށް "ސްޕޯޓްސް ޓުއަރިޒަމް ޑެސްޓިނޭޝަން" ގޮތުގައި ފަތުރުވެރިކަން ކުރިއެރުވިގެންދާނެކަމަށެވެ.

މި މުބާރާތް ކުރިޔަށް ދާނީ ނ. ހުރަވަޅި ރިޒޯޓުގައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް