ހޯމަ 17 ފެބުރުއަރީ 2020
ހިޔަވިހާ 4
1441 ޖުމާދުލް އާހިރަތު 23
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35
ރާއްޖެ - މެމްސް ސިސްޓަމް

ޝަރުއީ ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅާލާ "މެމްސް" ނިމުމަކާ ގާތަށް

  • މިއީ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމްކުރާ ނިޒާމެއް
  • މެމްސްގެ ސަރވަރތައް ހޯސްޓްކުރަނީ ޑީޖޭއޭގައި
  • މިއަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް ހުރިހާ ޑޭޓާއެއް ސަރވަރތަކަށް ބަދަލުކޮށް ނިމޭނެ

އަމަން ހަލީމް
soupized

ކ. މާލެ 18 ސެޕްޓެންބަރ 2019 | ބުދަ 13:20 2,490

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިދާރާ - ޓްވިޓަރ

ދިވެހިރާއްޖޭގެ ކޯޓުތަކާއި ޝަރުއީ އިދާރާތައް، އެއް ވިއުގައަކުން ގުޅާލާ, މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) ގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފިއެވެ.

މެމްސްގެ މަސައްކަތުގެ ތެރެއިން ވަކިވަކި ކޯޓުތަކާއި އިދާރާތަކުގައި ހޯސްޓްކުރެވިފައިވާ ކޭސްމެނޭޖްމަންޓް ސިސްޓަމްތަކާއި، މެމްސްގެ ހުރިހާ އެޕްލިކޭޝަނަކާއި ހޯސްޓްކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ގާއިމްކުރެވިފައި ހުރި ޝަރުއީ ދާއިރާގެ ޑޭޓާ ސެންޓަރު ސަރވަރތަކުގައެވެ. އަދި މެމްސްއާ ގުޅުންހުރި އެންމެހައި ޑޭޓާއެއް ވެސް އެ ސަރވަރތަކުގައި ރައްކާކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަން މިގޮތަށް ކުރުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

ޑީޖޭއޭއިން ބުނެފައިވަނީ މި ސަރވަރތަކުގައި ރައްކާކުރެވޭ މައުލޫމާތާއި، އެ މައުލޫމާތުތަކަށް އެކްސެސް ވުމަށާއި، ސަރވަރތަކުގައި ހޯސްޓްކުރެވިފައިވާ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެ ޑިޕާޓްމަންޓުން ވަނީ އުސޫލެއް ތައްޔާރުކޮށް އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ. މި އުސޫލު ތައްޔާރުކުރީ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ހަމަތަކާއި އެއްގޮތަަށް ކަންކަން ބައްޓަންކުރުމަށް ކަމަށް ޑީޖޭއީއިން މައުލޫމާތު ދީފައިވެއެވެ.

ޝަރުއީ ދާއިރާގެ އެކި ކޯޓުތަކާއި އިދާރާތަކުގައިވާ ހުރިހާ ޑޭޓާއެއް، މިިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޑީޖޭއޭގައި ގާއިމްކުރެވިފައިވާ ސަރވަރތަކަށް ބަދަލުކޮށް ނިންމުމަށް ވެސް، ޖޭއެސްސީން ވަނީ ނިންމާފައެވެ.

މެމްސްއަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އޮޓޮމޭޓްކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޝަރުއީ އަދި އިދާރި ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތަރައްގީކުރެވިފައިވާ ނިޒާމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް