ކ. މާލެ
|
5 ސެޕްޓެންބަރ 2019 | ބުރާސްފަތި 06:27
އިސްރާއިލްގެ ބޮޑު ވަޒީރު ލަންޑަަނަށް ކުރާ ދަތުރުގައި ގިނަ މަޝްވަރާތަކެއް ކުރައްވާނެ
އިސްރާއިލްގެ ބޮޑު ވަޒީރު ލަންޑަަނަށް ކުރާ ދަތުރުގައި ގިނަ މަޝްވަރާތަކެއް ކުރައްވާނެ
އަލްޖަޒީރާ
އިސްރާއިލް
ނަތަންޔާހޫ ޖޯންސަން އަދި އެސްޕަރ އާ ބައްދަލު ކުރައްވަނީ
 
މީ ނަތަންޔާހޫ އެސްޕަރ އަދި ޖޯންސަންއާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރު
 
ދަތުރު ނިންމާލުމަށްފަހު ނަތަންޔާހޫ ގައުމަށް ވަޑައިގަންނަވާނީ ހުކުރު ދުވަހު
 
ނަތަންޔާހޫ ލަންޑަނަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު

އިސްރާއިލް ގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕަރއާ ބައްދަލުކުރައްވަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ނަތަންޔާހޫ އިނގިރޭސި ވިލާތުގެ ލަންޑަނަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާ މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރައްވާ އިރާނުގެ ހަމަލާތަކަށް ރައްދުދޭނެ ގޮތާމެދު މަޝްވަރާކުރައްވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުންބުނެއެވެ.

އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް އެސްޕަރއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނީ އިސްރާއިލްގެ ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން ކަމުގައިވެސް ނަތަންޔާހޫގެ އޮފީހުންބުންޏެވެ. އިސްރާއީލްގެ ނޫސްތަކުން ދަނީ އިސްރާއީލާ އެމެރިކާއާ ދެމެދު ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން އެއްބަސްވުމަކަށް ދާން އުޅޭކަމުގެ މައޫލޫމާތު ފަތުރަމުންނެވެ.

ނަތަންޔާހޫގެ މި ދަތުރުފުޅަކީ އެސްޕަރ އަދި ޖޯންސަން މަގާމާ ހަވާލުވިފަހުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރުއެވެ. ލަންޑަނަށް ކުރައްވާ ދަތުރު ނިންމާލުމަށްފަހު ނަތަންޔާހޫ ގައުމަށް އެބުރި ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި