ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 07:39
އިރާންގެ ވެރިކަން ކުރާ ތެހްރާންގައި ބޭނުން ކުރާ އެމްބިއުލެންސްތަކެއް
އިރާންގެ ވެރިކަން ކުރާ ތެހްރާންގައި ބޭނުން ކުރާ އެމްބިއުލެންސްތަކެއް
ސޯޝަލް މީޑިއާ
އިރާން
ތެހްރާންގައި "ސެލެބްރިޓީސް" ޓްރެފިކްގައި ނުޖެހެން ދަތުރުކުރަނީ އެމްބިއުލާންސްގައި!
 
ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުން
 
ޕްރޮސެކިއުޓާ ޖެނަރަލް ވަނީ މިމައްސަލަ ބެލުމަށް އޯޑަރެއް ނެރިފައި
 
މިމައްސަލައަށް ފުލުހުންގެ ސަމާލުކަމެއް ނުލިބޭ

އިރާންގެ ވެރިކަން ކުރާ ތެހްރާންގައި މަޝްހޫރު މީހުން ޓްރެފިކްގައި ނުޖެހި ތަންތަނަށް ދިއުމަށް އެމްބިއުލަންސް ބޭނުން ކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

ފްރައިވެޓް އެމްބިއުލެންސް ސަރވިސްގެ ހެޑް ވަނީ ފިލްމީތަރިންނާއި، މުއްސަންދި މީހުން މިގޮތަށް އެމްބިއުލެންސް ބޭނުން ކުރަމުންދާ ކަމަށް އެއްބަސްވެފައެވެ.

އީރާނުގެ ނޫސްތަކުން ބުނާ ގޮތުން މިމައްސަލަކީ ތެހްރާންގެ ފުލުހުންނަށް ރިޕޯޓު ކުރި ނަމަވެސް ނުހުއްޓުވިފައިވާ މައްސަލައެއް ކަމަށާއި، ފުލުހުން އެކަން ހުއްޓުވުމުގެ ބަދަލުގައި އެހެނިހެން ކަންކަމުގައި އުޅޭ ކަމަށެވެ. އަދި މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އެގައުމުގެ ރައްޔިތުން ބުނެއެވެ.

އީރާންއަކީ އެމްބިއުލެންސް ދުއްވުމުގައި ހަރުދަނާ ގަވާއިދުތަކެއް ހަދާފައިވާ ގައުމެކެވެ. ނަމަވެސް ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިރާންގެ ރިޕޯޓުތައް ބުނާ ގޮތުގައި ވަކިވަކިން ޓިއުޝަން ނައިގައިދޭ މީހުންނަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަޔަކަށްވާއިރު، ޓްރެފިކްގައި ނުޖެހި ތަންތަނަށް ދިއުމަށް އެމްބިއުލަންސް އެންމެ ގިނައިން ބޭނުންކުރަނީ އެމީހުންނެވެ.

މިމައްސަލަ ހޫނުވެ ސޯޝަލް މީޑިއާގައި އެގައުމުގެ ރައްޔިތުންގެ ކަންބޮޑުވުންފާޅުކުރަމުންދާ ވަގުތެއްގައި ތެހަރާންގެ ޕްރޮސެކިއުޓާ ޖެނަރަލް ވަނީ މިމައްސަލަ ބެލުމަށް އޯޑަރެއް ނެރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
50%
50%
ކޮމެންޓް