ކ. މާލެ
|
20 އޯގަސްޓް 2019 | އަންގާރަ 18:40
މެންޗެސްޓަރ ޔުނައިޓަޑަށް ކުޅެމުން އަންނަ ފަރަންސޭސްވިލާތުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
މެންޗެސްޓަރ ޔުނައިޓަޑަށް ކުޅެމުން އަންނަ ފަރަންސޭސްވިލާތުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕޮގްބާ
ޕެނަލްޓީ މިސް ކުރުމާއިއެކު ޕޮގްބާއަށް ނަސްލީ ފުރައްސާރަ އަމާޒުވެއްޖެ!
 
މީގެ ކުރިންވެސް ޕޮގްބާ އަށް ވަނީ ނަސްލީ ފުރައްސާރަ ކުރިމަތި ލާން ޖެހިފައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑާ ޕައުލް ޕޮގްބާ ވޮލްވަރހެމްޓަން ކޮޅަށް ޖެހި ޕެނަލްޓީ މިސް ވުމާއި އެކު އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޕޮގްބާ ޕެނަލްޓީ މިސްވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ނަސްލީ ފުރައްސާރަ ރައްދުކުރަމުންނެވެ. ޕޮގްބާގެ ޕެނަލްޓީ ނާކާމިޔާބު 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތްވައެވެ.

ޕްރިމިއާ ލީގު ކުޅުންތެރިންނަށް ނަސްލީ ފުރައްސާރަ އަމާޒުކުރަމުން އަންނަ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެގޮތުން ޕޮގްބާއަކީ މި ހަފްތާގައި މިކަމާއި ކުރިމަތިލާން ޖެހުނު ތިންވަނަ ކުޅުންތެރިޔާއެވެ. އަދި ޔޫރަޕުގެ އެހެން ބޮޑެތި ލީގުތަކުގައި ވެސް ކަޅު ނަސްލުގެ ކުޅުންތެރިންނަށް ތަފާތު އެކި ފަހަރު މަތިން ނަސްލީ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވެއެވެ.

މިހަފްތާ ތެރޭގައި ނަސްލީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު އަނެއް ދެ ކުޅުންތެރިންނަކީ ޗެލްސީގެ ފޯވާޑް އަބްރަހަމާއި ރެޑިންގްގެ ފޯވާޑް ޔަކޫއެވެ.

ނަސްލީ ތަފާތުކުރުންތަށް ހުއްޓާލުމަށް ގޮވާލާ ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ ސަޕޯޓަރުން ބޭނުންވާ ފެންވަރަށް ކުޅުންތެރިޔަކަށް މެޗެއްގައި ނުކުޅެވިދާނެ ކަމަށާއި ފުޓުބޯޅައަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ އަނބުރައިލެވޭނެ ކުޅިވަރެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ނަސްލީ ތަފާތު ކުރުންތަކުގެ ސަބަބުން ކުޅުންތެރިންގެ ކުޅުން ދަށްވާކަމަށެވެ.

މީގެ ކުރިންވެސް ޕޮގްބާއަށް ވަނީ ނަސްލީ ފުރައްސާރައާ ކުރިމަތި ލާންޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
20%
40%
30%
0%
10%
ކޮމެންޓް