ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 19:25
ބާ ކައުންސިލްގެ މެމްބަރުން
ބާ ކައުންސިލްގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް
ބާ ކައުންސިލްގެ ބަޖެޓް ތައްޔާރު ކުރުމަށް ހިޔާލު ހޯދަނީ
 
ބަޖެޓް ހުށައަޅަން ޖެހެނީ މި މަހު
 
ސުންގަޑި އަކީ 25 ވަނަ ދުވަހު

އަންނަ އަހަރަށް ބާ ކައުންސިލަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމުށް ވަކީލުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއަށް އިތުރު ކުރަންވާ ކަންތައްތަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ހިޔާލު ހުށައެޅުމުގެ ސުންގަޑި އަކީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ. މެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅޭނެކަމަށްވެެސް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު (މާނު) ވިދާޅުވީ، ބާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓް މި މަހުގެ ކުރިން 31 ގެ ކުރިން ފިނޭންސް މިނިސްޓަރީ އަށް ހުށައަޅަން ޖެހޭ ކަމަށެެވެ. އެހެންކަމުން ވީހާވެސް ގިނަ ވަކީލުންގެ ހިޔާލު ހުށައެޅުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.

މައުމޫނު ވިދާޅުވީ، މި އަހަަރަށް ބޭނުންވާ ބަޖެޓް އަދި ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެ ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު ފަންނުގެ ޤާނޫނާއެކު އަލަށް އުފެއްދި ބާ ކައުންސިލަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެކެވެ.

ބާ ކައުންސިލްގެ ގާނޫނުގައިވާ ގޮތުން ވަކީލުންނަށް ހުއްދަ ދޫކުރުމާއި ވަކީލުން ކުރާ މަސައްކަތްތައް ބަލައި، ފިޔަވަޅު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބާ ކައުންސިލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް