ކ. މާލެ
|
15 އޯގަސްޓް 2019 | ބުރާސްފަތި 12:45
އެމްއޭސީއެލްގެ މުއައްޒަފުންތަކެއް
އެމްއޭސީއެލްގެ މުއައްޒަފުންތަކެއް
އެމްއޭސީއެލް
އެމްއޭސީއެލް
އެމްއޭސީއެލްގެ މުއައްޒަފުންނަށް ބޯނަސްގެ ގޮތުގައި 7،879 ރުފިޔާ
 
ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ބޯނަސް ނުލިބޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޮންމެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި 7،879.79ރ. ( ހަތްހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ނުވަ ލާރި) ދީފިއެވެ.

އީދުގެ ކުރިން އެމުއައްޒަފުންނަށް ވަނީ ބޯނަސް ފައިސާ ޖަމާކޮށްފައެވެ.އެމްއޭސީއެލުން ނެރުނު ސަރކިއުލާގައި ބުނެފައިވަނީ ބޯނަސް ދީފައިވަނީ ހަމަހަމަ އުސޫލުން ކޮންމެ މުއައްޒަފަކަށް ވެސް 7،879.79ރ. (ހަތްހާސް އަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ނުވަ ލާރި) ކަމަށެވެ.

މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދީފައިވަނީ ވަޒީފާގައި އުޅުނު ދުވަސްތަކަށް ބެލުމަށް ފަހު އެވެ. ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ބޯނަސް ނުލިބޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްއޭސީއެލުން ހަމަހަމަ ގޮތުގައި ބޯނަސް ދީފައިވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭ އުސޫލުތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ޖުލައި މަހު ބަދަލުތަކެއް ގެނެސްފައެވެ. ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭންވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް އަދި ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް އެޖެންޑާކޮށް އަހަރީ އާންމު ޖަލްސާއިން ފާސްކޮށްގެންނެވެ. ބޯނަސް ދިނުމުގައި އެއް މިންގަނޑެއް ގެންގުޅުމާއި އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ބޯނަސް ދޭއިރު ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށް ފަހު ދޭ ބޯނަސްއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
13%
50%
0%
25%
0%
13%
ކޮމެންޓް