ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 12:46
ލަންކާއަށް ދިން ހަމަލާތައް އަމާޒުކޮށްފައިިވަނީ ޗަރޗްތަކާއި ހޮޓެލްތަކަށް
ލަންކާއަށް ދިން ހަމަލާތައް އަމާޒުކޮށްފައިިވަނީ ޗަރޗްތަކާއި ހޮޓެލްތަކަށް
ރޮއިޓަރސް
އީސްޓަރ ސަންޑޭ ހަމަލާ
ލަންކާއަށް ދިން ހަމަލާއާ އައިސިސްއާ ގުޅުމެއް ނެތް: ސީއައިޑީ އިސްވެރިޔާ
 
އޭޕްރިލް 21 ގައި ލަންކާގެ އެކު ކަންކޮޅުގައި 21 ބޮން ގޮއްވާލާފައިވާއިރު، ހަމަލާތަކުގައި 250 މީހުންނަށް ވުރެ ގިނަ މީހުންވަނީ މަރުވެފައި

ސްރީ ލަންކާއަށް އޭޕްރިލް މަހު ދީފައިވާ ހަމަލާތަކާ އައިސިސްއާ ގުޅުމެއް ނެތް ކަމަށް އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

މި މައްސަލަ ލަންކާ ގާނޫނު ހަދާ މަޖިލީހުގެ ޕެނަލްއަކުން ތަހުގީގު ކުރަމުންދާއިރު، ރަވީ ސެނެވިރަތުނޭ މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

ސެނެވިރަތުނޭ ވިދާޅުވީ ލަންކާއަށް ހަމަލާ ދިން މީހުންނާ އައިސިސްއާ ސީދާ ގުޅުމެއް ނުވާ ކަމަށެވެ.

އެ މީހުންނަކީ އައިސިސްގެ ވިސްނުން ބަލައިގަންނަ ބައެއްކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ސީއައިޑީގެ ތަހުގީގުން އެ މީހުންނާ އައިސިސްއާ ސީދާ ގުޅުމެއްވާކަން އެނގިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ސެނެވިތަރުނޭ ވިދާޅުވެފައިވަނީ އައިސިސްއިން ހަމަލާގެ ޒިންމާ ނެގީ ނެޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ހަމަލާއިން ދެ ދުވަސް ފަހުން އެދިގެން ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރާ ޓީމްގައި ހިމެނޭ އެހެން ފަރާތެއް ކަމަށްވާ ޝަނީ އަބޭސެކާރާ ވެސް މަޖިލީސް ޕެނަލްއަށް މައުލޫމާތު ދެއްވާފައިވާއިރު، އޭނާ ވިދާޅުވީ މި ހަމަލާއަށް ފަހު ކުރިއަށް ދިޔަ ތަހުގީގުގައި 105 ކިލޯގްރާމްގެ ގޮވާތަކެތި އެންޓީޖޭގެ ހައިޑްއައުޓްއަކުން ފެނިފައިވާ ކަމަށެވެ.

އަދި މި ތަކެތި ނުފެނުނު ނަމަ، "މިއަށް ވުރެ ބޮޑު ވަރު ކުރީސް"ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ނެރުއްވި ނޫސްބަޔާނެއްގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވީ ހަމަލާ ދީފައިވަނީ ބައިނަލްއަގްވަމީ ޑްރަގް ޑީލަރުންތަކެއް ކަމަށެވެ. އަދި އެއީ ޑްރަގްސްއާ ދެކޮޅަށް އެ މަނިކުފާނު ކުރައްވާ މަސައްކަތާ ދެކޮޅަށް ކަމަށް ވެސް ސިރިސޭނާ ވިދާޅުވިއެވެ.

ނަމަވެސް، ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ އޮފީހުން ވަނީ ރައީސްގެ ތުހުމަތު ދޮގު ކުރައްވާފައެވެ.

އޭޕްރިލް 21 ގައި ލަންކާގެ އެކު ކަންކޮޅުގައި 21 ބޮން ގޮއްވާލާފައިވާއިރު، ހަމަލާތަކުގައި 250 މީހުންނަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މި ހަމަލާތަކުގެ އިންޒާރު ތަފާތު ތިން ފަހަރެއްގެ މަތިން އިންޑިއާގެ އިންޓެލިޖެންސުން ވަނީ ލަންކާގެ ކަމާއި ބެހޭ ފަރާތްތަކަށް ފޯރު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް