ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 11:46
ސްވިޑެނާއި، އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ސްވިޑެނާއި، އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ބީބީސީ
ފީފާ އަންހެނުންގެ ވޯލްޑް ކަޕް
ފީފާ އަންހެނުންގެ ވޯލްޑް ކަޕް: އިންގްލޭންޑް ބަލިކޮށް ސްވިޑެނުން މުބާރާތުގެ ތިންވަނަ ހޯދައިފި
 
މި މެޗް ސްވިޑެން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުން

ފީފާ އަންހެނުންގެ ވޯލްޑްކަޕުގެ ތިންވަނަ އިންގްލޭންޑް ބަލިކޮށް ސްވިޑެން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅެވުނު މި މެޗުން ސްވިޑެން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ގާތް ގާތުގައި ސްވިޑެން އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށް ދިނީ ކޮށޮވާރޭ އަސްލާނީ އާއި ސޯފިޔާ ޖެކޯބްސަންއެވެ.

ގާތް ގާތުގައި ސްވިޑެނުން ކާމިލާބު ކުރި ދެ ގޯލާ އެކު، އިންގްލޭންޑުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް އިންގްލޭންޑް އިން ވަނީ ސްވިޑެންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގައި އިންގްލޭންޑް އިން ފޮނުވައިލި ގިނަ ހަމަލާތަކެއް ސްވެޑެންގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ސްވިޑެން ކޮޅަށް އިންގްލޭންޑުން ޖެހި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްރެންސިސްކާ ކިރްބީއެވެ. މި މެޗުގައި ކިރްބީ ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މި ނަތީޖާ އާއި އެކު ފީފާ އަންހެނުންގެ ވޯލްޑްކަޕްގެ ލޯ މެޑަލް ސްވެޑެން އަށް ވަނީ ލިބިފައެވެ.

މި މުބާރާތުގެ ފައިނަލުގައި ވާދަ ކުރާނީ އެމެރިކާ އަދި ނެދަލޭންޑްސްއެވެ. ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހުގެރޭ އަށެއްޖަހާއިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް