ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 11:17
ރެޑްބުލް ވިނިންގް ފައިވް
ރެޑްބުލް ވިނިންގް ފައިވް
ފޭސްބުކް
ރެޑްބުލް ވިނިންގް ފައިވް
ރެޑްބުލް ވިނިންގް ފައިވް: ރާއްޖޭގެ ޗެމްޕިއަންކަން ހޯރަފުއްޓަށް
 
ހޯރަފުށި ޗެމްޕިއަން ކަން ހޯދީ ހދ. ހަނިމާދޫ ޗެމްޕިއަނުން ބަލިކޮށް

މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބޭއްވުނު ރެޑްބުލް ވިނިންގް ފައިވް ގެ ތާރީހް ބަދަލުކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އަތޮޅުތެރެ އަށް ނިސްބަތް ވާ ހއ. ހޯރަފުށީ ޓީމް ޕަބްޖީން ކާމިޔާބު ކޮށްފިއެވެ.

މި މުބާރާތަކީ 2013 ވަނަ އަހަރުން ފެށިގެން ރެޑްބުލް އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރުގެ ފައިނަލްސް ގައި މާލޭ ޓީމުތައް ބަލިކޮން ފައިނަލް ކުޅެފައި ވަނީ ބޮޑުތިލަދުން މައްޗަށް ނިސްބަތްވާ، ހއ. ހޯރަފުށީ ޕަބްޖީ އަދި ހަނިމާދޫ ޗެމްޕިއަންސް ޓީމް އަޅި ބުރޯސްއެވެ.

ފައިނަލް މެޗް ޕަބްޖީން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމު 0-0 ގެ ނަތީޖާއިން އެއްވަރު ވުމާއި ގުޅިގެން، ކުޅެވުނު ވަންއޮން ވަން ގައި ޒިޔާދު މުހަންމަދު ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ.

މި މުބާރާތުގައި ޒިޔާދު މުހަންމަދު ވަނީ ކުޅުނު ތިން ވަން އޮން ވަން ކާމިޔާބު ކޮށްފައެވެ. އެއީ މުބާރާތުގެ ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް ގައި ކުޅެވުނު ވަންއޮންވަން ތަކެވެ.

މުބާރާތުގެ ޗެމްޕިއަން، ޓީމު ޕަބްޖީއަށް ވަނީ މުބާރާތުގެ ޓައިޓަލް އަދި 50،000 ރުފިޔާ ދީފައެވެ. އަދި ރަނަރަޕް، ޓީމު އަޅި ބުރޯސް އަށް ވަނީ 25،000 ރުފިޔާގެ ދީފައެވެ.

މި އަހަރުގެ މުބާރާތުގައި 233 ޓީމުން 1،617 ކުޅުންތެރިން ކުޅެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
5%
77%
0%
0%
0%
18%
ކޮމެންޓް