ކ. މާލެ
|
24 ޖޫން 2019 | ހޯމަ 19:43
ގައުމީ ވޮލީ ޓީމާއެކު މިނިސްޓަރ މަހްލޫފް
ގައުމީ ވޮލީ ޓީމާއެކު މިނިސްޓަރ މަހްލޫފް
ޓްވިޓަރ
ގައުމީ ފިރިހެން ވޮލީ ޓީމު
ގައުމީ ޓީމެއް ފުރަތަމަ ފަހަރަށް ޔޫރަޕްގައި ކޭމްޕްކުރަނީ
 
ވޮލީ ޓީމު ކޭމްޕްކުރަނީ އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން

ގައުމީ ޓީމެއް ފުރަތަމަ ފަހަރަށް ޔޫރަޕްގައި ކޭމްޕްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވީ، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ކުރިން ވޮލީ ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ޓީމު ކޭމްޕްކުރާނީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގައި ކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ، ވޮލީގައި ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ސާބިއާގައި ވޮލީ ޓީމު ކޭމްޕްކުރުމުގެ ހުރިހާ އެހީއެއް ހަމަޖައްސައިދީފައިވަނީ ސާބިއާ ސަރުކާރުން ކަމަށާއި، ވޮލީ ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

ސާބިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރގެ ދައުވަތަކަށް މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ މަހްލޫފް ވަނީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށް ފަހު، މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރުމަށް ސާބިއާއާއެކު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އެ ބައްދަލުވުމަށް ފަހު، ސާބިއާގެ ސްޕޯޓްސް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއާއެކު ކުޅިވަރުގެ ދާއިރާއިން މެމޮރެންޑަމް އޮފް ކޯޕަރޭޝަންއެއްގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
0%
0%
33%
ކޮމެންޓް