ކ. މާލެ
|
10 މެއި 2019 | ހުކުރު 11:35
ޑެވިލްޑް ޗިކަން
ޑެވިލްޑް ޗިކަން
ރާއްޖެއެމްވީ
ރޯދަ ބަދިގެ
ޑެވިލްޑް ޗިކަން ރެސިޕީ
 
މި ޑިޝް އަކީ ރަމަޟޯލްމަހު ރޯދަ ވީއްލުމަށް އަދި ހާރުކެއުމަށްވެސް ތައްޔާރު ކޮށްލަން ވަރަށް ފަސޭހަ، މީރު ޑިޝް އެކެވެ

ބޭނުންވާ ތަކެތި:

1 ކިލޯގްރާމް ކުކުޅު (ކަށިނެތް)

1 ބޮޑު ފިޔާ

1 ބެލް ޕެޕަރ (ރަތް)

1 ބެލް ޕެޕަރ (ފެހި)

1 ކެޕްސިކަމް

1 ލޮނުމެދު

1 ރޯ ޓޮމާޓޯ

1 ލީކްސް

1 ކެކޮޓު

1 ބިސް

ވޯޗެސްޓަރ ސޯސް

ސޯޔާ ސޯސް

އޮއިސްޓަރ ސޯސް

ޓޮމާޓޯ ޕޭސްޓު

ލޮނު

އަސޭމިރުސް

ޕެޕްރިކާ

ޗިލީ ފްލޭކްސް

ޗިލީ ޕައުޑަރ

1 ގިތެޔޮ މިރުސް

2 ތޮޅި މިރުސް

އިނގުރު އަދި ލޮނުމެދު ޕޭސްޓް

އިނގުރު

ފުށް

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ހުރިހާ ތަރުކާރީ ކޮޅެއް ބޮޑެތިކޮށް ކިއުބް ކޮށް ކޮށާލާނީއެވެ. އެއަށްފަހު ކުކުޅުކޮޅު ވެސް ހަމަ އެގޮތަށް ކިއުބްކޮށް ކޮށާލާނީއެވެ.

ދެން ކުކުޅުކޮޅު ތެރެޔަށް 1 ސައިސަމްސާ ލޮނުމެދު ޕޭސްޓް އަޅާލާފައި، އިނގުރު، ލޮނު، އަސޭމިރުސް، ޗިލީ އަދި ޕެޕްރިކް ޕައުޑަރ، 1 ބިސް އަދި 10 ގުރާމްގެ ފުށް އަޅާނީއެވެ.

ކުކުޅުކޮޅު ރަނގަޅަށް މޮޑެލާފައި އެއްކައިރި ކޮށްލާނީއެވެ. މެރިނޭޓް ކޮށްލާފައި އެއް ރޭ ވަންދެން އައިސްއަލަމާރީގައި ބަހެއްޓުމުން ހުންނާނީ އެންމެ ރަނގަޅަށް މެރިނޭޓް ވެފައެވެ. އެކަމަކު މި ރެސިޕީއަށް 20 ވަަކަށް މިނެޓު މެރިނޭޓް ކޮށްލާފައި ބެހެއްޓިއަސް ރަނގަޅު ވާނެއެވެ.

އެއަށްފަހު ތަރުކާރީ ކޮޅު ޒައިތޫނި ތެޔޮކޮޅެއްގައި ތެލުލާނީއެވެ. މަޑުވެލުމުން ވަކިން ނަގާފައި ހަމަ އެ ތަވާ ތެރެއަށް ކުކުޅުކޮޅު އަޅާ ތެލުލާނީއެވެ.

އަނެއްކާވެސް ތަރުކާރީކޮޅު އަނެއްކާވެސް ތަވަޔަށް އަޅާލާ، އެއްކޮށްލާނީއެވެ. ދެން ހުރިހާ ސޯސްކޮޅެއް އަޅާލުމަށްފަހު ހާވާލާނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
14%
14%
14%
29%
5%
24%
ކޮމެންޓް