ކ. މާލެ
|
15 ޑިސެންބަރ 2017 | ހުކުރު 16:59
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ސެމީ ފަައިނަލް މެޗުގެ ތެރެއިން
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ސެމީ ފަައިނަލް މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ޕްރެޒިޑެންޓްސް ކަޕް
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މިރޭ
 
މިދިޔަ އަހަރުގެ ފައިނަލްއިން ޓީސީ ބަލިވީ ކްލަބް އީގަލްސް އަތުން
 
ނިއުއިން މި މުބާރާތް 11 ފަހަރު ކަމިޔާބުކޮށްފައިވޭ
 
މިއީ ނިއުއިން މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ 22 ވަނަ ފަހަރު

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު މިރޭ ކުޅެވިގެންދާނެއެވެ.

ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ ފައިނަލް މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބްއެވެ. މި ސީޒަނުގައި މި ދެ ޓީމުގެ ގިނަ ކުރިމަތިލުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. އެފްއޭ ކަޕްގެ ފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކުރިއިރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ދެ ޓީމުގެ ގޮތުގައި ވެސް ރޭންކު ކުރެވުނީ މި ދެ ޓީމެވެ. މި ސީޒަނުގައި މި ދެ ޓީމުގެ ހަ ކުރިމަތިލުމެއް ފެނިގެންދިޔައިރު ޓީސީގެ މައްޗަށް މި ހުރިހާ މެޗެއްގައި ވެސް ކާމިޔާބު ހޯދީ ނިއުއެވެ.

ނިއު ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށްގެންނެވެ. މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ފުރަތަމަ ސެމީއިން ބަލިވި ޓީމަކަށް ވެސް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން އެ ޓީމު ކުޅެން ޖެހެނީ ދެވަނަ ސެމީއިން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. ޓީސީއަށް ފައިނަލުގެ ޖާގައެއް ލިބުނީ ދެވަނަ ސެމީއިން މޮޅުވި މާޒިޔާ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިއީ ނިއުއިން މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ 22 ވަނަ ފަހަރަށްވާއިރު މިއީ ޓީސީގެ ތާރީހުގައި ވެސް އެ ޓީމު ޕްރެޒިންޑެންޓްސް ކަޕްގެ ފައިނަލުގައި ވާދަކުރާ ދެވަނަ ފަހަރެވެ. ނިއުއިން މި މުބާރާތް 11 ފަހަރު ކަމިޔާބުކޮށްފައިވާއިރު މިދިޔަ އަހަރުގެ ފައިނަލްއިން ޓީސީ ބަލިވީ ކްލަބް އީގަލްސް އަތުންނެވެ. 2014 ވަނަ އަހަރު ނިއުއިން މި މުބާރާތް މިލްކްވެސް ކޮށްފައިވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް