ކ. މާލެ
|
5 ޑިސެންބަރ 2017 | އަންގާރަ 11:32
ހަވިޔާ މަޝެރާނޯ - އަންނަ ސީޒަނުގައި އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް
ހަވިޔާ މަޝެރާނޯ - އަންނަ ސީޒަނުގައި އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް
ގެޓީ އިމޭޖަސް
ބާސެލޯނާ
ބާސާއަށް މަޝެރާނޯ ބޭނުންވޭ: ވަލްވާޑޭ
 
މަޝެރާނޯ ވަނީ އެ ޓީމާއެކު ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކޮށްފަ
 
މާޝެރާނޯއާއި އެއްވެސް މައްސަލައެއް ވެސް ނެތްކަމަށް ކަމަށް ވަލްވާޑޭ ބުނެފައިވޭ
 
ވޭތުވެދިޔަ ހަފްތާގައި މީޑިއާތަކުން ވަނީ މަޝެރާނޯ ބާސާ ދޫކޮށްލަން އުޅޭކަމަށް ރިޕޯޓުކޮށްފަ

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ހަވިޔާ މަޝެރާނޯ އަދިވެސް އެ ޓީމަށް ބޭނުންވާ ކަމަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ބާސާގެ ޑިފެންސަށް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި މަޝެރާނޯގެ އިތުރުން ފްރާންސްގެ ޒުވާން ޑިފެންޑަރު ސެމުއެލް އުމްޓީޓީ ވެސް ހުރީ އަނިޔާގައެވެ. ބާސާގެ ޑިފެންސްގެ އެންމެ ފަހަތަށް ކުޅުމަށް މިވަގުތު ތިބީ އެންމެ ދެ ކުޅުންތެރިންނެވެ. ވޭތުވެދިޔަ ހަފްތާގައި މީޑިއާތަކުން ވަނީ މަޝެރާނޯ ބާސާ ދޫކޮށްލަން އުޅޭކަމަށް ރިޕޯޓު ކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބާސާގެ ކޯޗު ވަލްވާޑޭ ބުނީ އޮގަސްޓް މަހު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވި ފަހުން ދައްކަމުން ދަނީ ޖެނުއަރީ މަހު ހުޅުވާލާ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގެ ވާހަކަ ކަމަށެވެ. ޓްރާންސްފާ މާކެޓް ހުޅުވާލުމުގެ ކުރިން އޭގެ ވާހަކަ ދެއްކުމަކީ މޮޔަކަމެއްގެ ގޮތުގައި ވަލްވާޑޭ ސިފަކުރިއެވެ.

ހަމައެހެންމެ މަޝެރާނޯއަކީ ބާސާއަށް އަދިވެސް ބޭނުން ކުޅުންތެރިޔެއް ކަމަށާއި އޭނާ ޓީމު ބަދަލުކުރަން ބޭނުންވާނަމަ އެކަމުގެ ވާހަކަ ދައްކާނީ ޓްރާންސްފާ މާކެޓް ހުޅުވުމުން ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ. ހިޔާލީ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި މާޝެރާނޯއާއި އެއްވެސް މައްސަލައެއް ވެސް ނެތް ކަމަށް ވަލްވާޑޭ ބުނެފައިވެއެވެ.

ޑިފެންސަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މެޑިކަލް ޑިޕާޓްމެންޓާއި ވާހަކަ ދެއްކުމަށް ފަހު އައު ކުޅުންތެރިން ގެންނަން ޖެހޭނަމަ އެކަން ކްލަބުގެ މެނޭޖްމަންޓުން ކުރިޔަށް ގެންދާނެ ކަމަށް ވެސް ވަލްވާޑޭ ހާމަކުރިއެވެ. އަދި އައު ކުޅުންތެރިން އަންނަންދެން އެ މަގާމު ފުރާނީ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ނުވަތަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑިންޔޭ ކަމުގެ އިޝާރާތެއް ވެސް ވަލްވާޑޭ ވަނީ ދީފައެވެ.

މީގެ ކުރިން މަޝްހޫރު ވެބްސައިޓް 'އީއެސްޕީއެން'އަށް ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުނީ ބާސާއަށް މާ ގިނަ ދުވަހު ކުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށާއި އެހެން ކަމުން އަވަސް މުސްތަގުބަލެއްގައި ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ ބާސާގައި ކަމަށާއި އެ ކްލަބުގައި ވޭތުކުރާ ދުވަސްތައް ދުވަހަކުވެސް ހަދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

ހަމައެހެންމެ މަޝެރާނޯ އޭރު ބުނީ އޭނާއަކީ ކަންކަން ނިންމަންޖެހޭ ވަގުތު ވަރަށް ރަނގަޅަށް އެނގޭ މީހެއް ކަމަށާއި އެހެންކަމުން ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ވެސް ނިމުމަކަށް ގެންނަން ޖެހޭ ދުވަހަކުން އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށެވެ. އެހެނަސް އޭނާ ބުނީ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަކީ ހަމައެކަނި އޭނާގެ ބާރުގައި ވާ ކަމެއް ނޫން ކަމަށާއި އެކަމުގައި ބާސާގެ ހިއްސާއެއް ވެސް އެބައޮތް ކަމަށެވެ.

ލިވަޕޫލް ދޫކޮށްލުމަށް ފަހު 2010 ވަނަ އަހަރު ބާސާއާއި ގުޅުނު މަޝެރާނޯ ވަނީ އެ ޓީމާއެކު ކާމިޔާބު ގިނަ ސީޒަންތަކެއް ހޭދަކޮށްފައެވެ. އޭނާއަކީ އެ ޓީމުގެ ޑިފެންސް ލައިނުގައި މުހިންމު ރޯލެއް އަދާކުރަމުން ދިޔަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް އުމުރުން 33 އަހަރުގެ މަޝެރާނޯއަށް މި ސީޒަނުގައި ބާސާގެ ފުރަތަމަ 11 އިން ޖާގަ ލިބެމުންދަނީ ވަރަށް މަދުންނެވެ.

ބާސާއަށް ބަދަލުވިއިރު އޭނާއަކީ މިޑްފީލްޑަރެއް ނަމަވެސް އޭނާ ބާސާއަށް ކުޅެނީ ޑިފެންޑަރެއްގެ ގޮތުގައެވެ. ބާސާއަށް ބަދަލުވި ފަހުން މަޝެރާނޯ ވަނީ އެ ޓީމަށް 202 މެޗު ކުޅެދީފައެވެ. އޭނާވަނީ ބާސާގައި ވޭތުކުރި ހަތް އަހަރުގައި 17 ތަށި އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް