ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 10:18
"ގޯލްމާލް4" ގެ ތަރިން
"ގޯލްމާލް4" ގެ ތަރިން
ގެޓީ އިމޭޖަސް
ގޯލްމާލް4
"ގޯލްމާލް އެގެއިން" ގެ ޓްރެއިލާއަށް 20 މިލިއަން ވިއުސް
 
މި ފިލްމު ސިނަމާތަކަށް އަންނާނީ އޮކްޓޯބަރ 20 ގައި

"ގޯލްމާލް އެގެއިން" ގެ ޓްރެއިލާއަށް ފުރަތަމަ ދުވަހު އެކަނިވެސް 20 މިލިއަން ވިއުސް ޔޫޓިއުބްގައި ލިބިއްޖެއެވެ.

"ގޯލްމާލް" ފްރަންޗައިޒް އަކީ ލޯބީގެ ކޮމެޑީ ފިލްމެކެވެ.

މި ފިލްމުގެ ތަރިންނަކީ އަޖޭ ދޭވްގަން، ތާބޫ، ޕަރިނީތީ ޗޮޕްރާ، ކުނާލް ކެއްމޫ، އަރްޝަދް ވާސީ، ޝްރެޔާސް އަދި ތުޝާރު ކަޕޫރެވެ. މި ފިލްމުގެ ޓްރެއިލާ ލޯންޗު ކޮށްފައި ވަނީ ޔޫޓިއުބްގެ އިތުރުން ފޭސްބުކްގައެވެ. މިއީ ހިންދީ ފިލްމެއްގެ ޓްރެއިލާއަކަށް މިހާތަނަށް މިހާ ގިނަ ވިއުސް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މިހާރު ޔޫޓިއުބްގައި އެންމެ ޓްރެންޑް ވީޑިއޯއެވެ.

މި ފިލްމު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. "ގޯލްމާލް އެގެއިން" ބެލުންތެރިންނަށް ފެންނާނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. މި ފިލްމު 4000 ސިނަމާއެއްގައި އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގެ ޑައިރެކްޓަރ އަދި ކޯ ޕްރޮޑިއުސަރަކީ ރޯހިތު ޝެޓީއެވެ. މިއީ "ގޯލްމާލް" ފްރަންޗައިޒް ގެ 4 ވަނަ ފިލްމެވެ. "ގޯލްމާލް" ގެ ފުރަތަމަ ފިލްމު ސިނަމާތަކަށް އައިސްފައިވަނީ މީގެ 10 އަހަރު ކުރިން 2006 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް