ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 14:17
ސަންޖޭ ކަޕޫރު
ސަންޖޭ ކަޕޫރު
ގެޓީ އިމޭޖަސް
ސަންޖޭ ކަޕޫރު
ސަންޖޭ ކަޕޫރް އަނެއްކާ ވެސް ޓީވީ ސީރީޒްއަކުން
 
ސަންޖޭ އެންމެ ފަހުން ސީރީޒްއެއް ކުޅެފައިވަނީ މީގެ 14 އަހަރު ފަހުން

އިންޑިއާގެ ބޮލީވުޑްގެ ފިލްމީތަރި ސަންޖޭ ކަޕޫރު އަނެއްކާވެސް ޓީވީ ސީރީޒްއަކުން ފެނުމަށް ތައްޔާރުވެއްޖެއެވެ.

އޭނާ ވަނީ މީގެ ކުރިން "ކަރިޝްމާ: އަ މިރާކަލް އޮފް ޑެސްޓިނީ" އިން ފެނިފައެވެ. އެ ސީރީޒް ދެއްކިތާ ގާތްގަނޑަކަށް 14 އަހަރުފަހުން ސަންޖޭ އެނބުރި ސީރީޒް ކުޅުމާ ގުޅޭނީ "އިޝްގު ގުންހާ" އިންނެވެ.

އެ ސީރީޒްއަކީ ތުރުކީގެ ތުރުކީގެ ސީރީޒްއެއްކަމަށްވާ "އަސްކައި އައި މްމްނޫ" އަސްލަކަށް ބަލައިގެން އުފައްދާ ސީރީޒްއެކެވެ. އެއީ 2008-2010 އިން ދެއްކި ސީރީޒްއެކެވެ. މި ސީރީޒްގައި ފެންނަނީ ޒުވާން އަންހެން ކުއްޖަކު ދުވަސްވީ މީހަކާއެކީ ކައިވެނި ކުރުމަށްފަހު އެދެމީހުންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެވެ.

މި ސީރީޒް ދައްކާނީ އިންޑިއާގެ ސްޓާޕްލަސް ޗެނަލުންނެވެ.

މި ފިލްމުގައި ސަންޖޭއާއި އެކީ ފެނިގެންދާނީ މުމިތުރީ ކަރްލާ ކިޔާ އުމުރުން 29 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވެސް ވަނީ ސީރީޒްތަކުން ފެނިގެން ގޮސްފައެވެ.

މި ސީރީޒް ދައްކަން ފަށާނެ ތާރީޚެއް އިއުލާންކޮށްފައި ނުވި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި ޝޫޓް ކުރަން ވަރަށް އަވަހަށް ފަށާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް