ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 16:16
ކޭޓް މިޑިލްޓަން
ކޭޓް މިޑިލްޓަން
ގެޓީ އިމޭޖަސް
ކޭޓް މިޑިލްޓަން
ކޭޓް 3 ވަނަ ބޭފުޅަކަށް އާލާސްވެ އިންނަވައިފި
 
ކޭޓް އާއި ވިލިއަމަށް ވަނީ ދެ ބޭފުޅުން ލިބިވަޑައިގެންފައި

 

އިނގިރޭސި ޝާހީ އާއިލާގެ ކޭޓް މިޑިލްޓަން 3 ވަނަ ބޭފުޅަކަށް އާލާސްވެ އިންނެވި ކަމަށް އިނގިރޭސި ޝާހީ އާއިލާއިން ބުނެފި އެވެ.މިއަދު އިނގިރޭސި ޝާހީ ގަނޑުވަރު ކެނިސްޓަން ޕެލަސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޕްރިންސް ވިލިއަމްގެ އަނބި ކަނބަލުން ކޭޓް މިޑިލްޓަން ތިންވަނަ ބޭފުޅަކަށް  އާލާސްވެ އިންނެވި ކަމަށެވެ. 

އެހެން ނަމަވެސް ދަރިފުޅު އުފަންވާނެ ތާރީޚެއް އިއުލާން ކޮށްފައިނުވެއެވެ.

ކެނިސްޓަންހައުސްއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ ކޭޓް އާލާސްވެއިންނެވިކަން އެނގުމާއި ގުޅިގެން ދެ އާއިލާއަށް އިތުރު އުފާވެރިކަމެއް އައިސްފައިވާ ކަމަށެވެ.

ކޭޓް އާއި ވިލިއަމަށް ވަނީ ދެ ދަރިކަލުން ލިބިވަޑައިގެންފައެވެ.  އެއީ ޕްރިންސް ޖޯޖްއާއި ޕްރިންސެސް ޗާލޮޓްއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް