ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:45
ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ތަގުވާ މިސްކިތުން ފަންކާ ވަގަށް ނެގި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ރާއްޖެއެމްވީ
މިސްކިތުން ފަންކާ ވަގަށް ނެގުން
ވަގަށް ނެގި ފަންކާތައް ހޯދާ ވައްކަން ކުރި މީހާ ބަންދުކޮށްފި
 
ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައިވޭ

ތަގުވާ މިސްކިތުން ވަގަށް ނެގި ފަންކާތައް ހޯދާ ވައްކަން ކުރި މީހާ ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު އޭޕްރީލް 1 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ކުށުގެ ވެށިންނެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައިވަނިކޮށް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދާފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މިސްކިތަކުން ފެން މޯޓަރު ވަގަށް ނަގާފައިވާ މައްސަލާގައި ވެސް ތުހުމަތުކުރެވޭ މީހާއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް