ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 14:21
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
ޗެލްސީ
ޗެލްސީން ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ: ޕޮޗެޓީނޯ
 
ޕޮޗެޓީނޯ ބުނީ، އޭނާގެ އިރުޝާދުގެ ދަށުން އެކަން ނުކުރެވުނު ނަމަވެސް، ޓީމާ ދެން ހަވާލުވާ ބައެއްގެ އިރުޝާދުގެ ދަށުން ވިޔަސް އެކަން ކުރެވޭނެ ކަމަށް

ކޮންމެ ވެސް ދުވަހަކުން، ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ޕޮޗެޓީނޯ ބުނީ، ޗެލްސީން އަދި ކޮންމެ ވެސް ދުވަހަކުން ޕްރިމިއާ ލީގު ކާމިޔާބު ކުރާނެ ކަމަށެވެ. އޭނާ ބުނީ ޗެލްސީ އަށް އެކަން ކުރެވޭނެ ކަމަށާއި، އެ ޓީމުގައި އެ ފެންވަރު ވެސް ހުންނާނެ ކަމަށެވެ. ކުޅުންތެރިންގެ ހިތްވަރާއެކު ޗެލްސީ އަށް އެކަން ކުރެވޭނެ ކަމުގެ އެއްވެސް ޝައްކެތް ނެތް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، އޭނާގެ އިރުޝާދުގެ ދަށުން އެކަން ނުކުރެވުނު ނަމަވެސް، ޓީމާ ދެން ހަވާލުވާ ބައެއްގެ އިރުޝާދުގެ ދަށުން ވިޔަސް އެކަން ކުރެވޭނެ ކަމަށެވެ. އޭނާ ބުނީ، އެކަން ކުރެވޭނެ ކަމަށާއި، އެއީ ވަގުތު ނަގާނެ ކަމެއް ކަމަށެވެ. އެއީ މިވަގުތު ޗެލްސީން ކުރަމުން އަންނަ މަސައްކަތާއި، މުސްތަޤުބަލަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

އިތުރަށް ޕޮޗެޓީނޯ ބުނީ، ޗެލްސީގެ ސަޕޯޓަރުން ވެސް އެކަން ޤަބޫލު ކުރަން ޖެހޭނެ ކަމަށާއި، ވަގުތު ނަގާނެ ކަމަށް ވެސް ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ސަޕޯޓަރުން ވެސް ޓީމާއެކު ތިބުން އެދެން ކަމަށާއި، ޓީމަށް ކާމިޔާބާ ހަމައަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިވަގުތު ޗެލްސީ އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗު ޕޮޗެޓީނޯ އަށް ފާޑު ކިޔުން އަމާޒުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް