ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 17:00
ވިލިމާލޭ ބަގީ
ވިލިމާލޭ ބަގީ
ސޯޝަލް މީޑިއާ
ވިލިމާލޭ ބަގީ
މުއިއްޒުގެ މޭސްތިރިކަމުގައި ފެށި ވިލިމާލޭ ބަގީތައް އުވިގެންދިޔަ ގޮތުގެ ވާހަކަ އެނގޭތަ؟
 
އެމްޓީސީސީ ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި އޮތް ދުވަސްވަރު ބަގީގެ ޚިދުމަތް ވަނީ ތައާރަފުކޮށްފައި
 
ރައްޔިތުން އެންމެ އެދޭކަހަލަ ޚިދުމަތެއް މި ބަގީތަކުން ފޯރުކޮށެއް ނުދެވޭ
 
ކުރީގެ ސަރުކާރުން ފެށި އެމްޓީސީސީގެ ބަހުގެ ޚިދުމަތްތައް އަދިވެސް މެދުނުކެނޑި ކުރިއަށްދޭ

ގައުމު ހިންގަން ހަވާލުވާން އަންނަ ވެރިއެއްގެ ގާބިލުކަން ފެންނާނީ ގައުމުގެ ހާލަތާއި ރައްޔިތުންގެ ހާލަތު އަމިއްލައަށް ދެނެގަނެ، ގައުމާ ހަވާލުވެގެންނެވެ. ރައްޔިތުންނަށް ލުއިފަސޭހަ ވާނެ އެކިއެކި ގޮތްތައް އަމިއްލައަށް ދެނެގަނެގެން އެކަންކަން ކޮށްދީގެންނެވެ. ސުވާލަކީ، މިހާރުގެ ވެރިކަމުގައި ހުރި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެ އަމިއްލަވަންތަ ގާބިލުކަން އެބަހުރިތޯއެވެ؟ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފެއްޓެވި މަޝްރޫއެއް ނިމެން ކައިރިވެފައި އޮއްވައި ވެރިކަން ބަދަލުވެ، ރައީސް މުއިއްޒުގެ ވެރިކަމުގައި އެ މަޝްރޫއުތައް ނިމުމުން، އެއީ ތިމަން މަނިކުފާނުގޭ މަޝްރޫއެކޭ ވިދާޅުވެ 'ކްރެޑިޓް' ނެންގެވުން ނޫން ކަމެއް ކުރައްވާފައެއް ނެތެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރެއްވި އުކުޅަކީ އެމަނިކުފާނުގެ އަމިއްލަ ގާބިލުކަމާއި ވިސްނުންފުޅުގެ ބަދަލުގައި، ކުރީގެ ރައީސް ސާލިހުގެ ވިސްނުންފުޅެވެ. ކުރީގެ ރައީސް ސާލިހުގެ މި ގައުމަށް ވެވަޑައިގެންނެވި ވައުދުތައް 'ކޮޕީ' ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުއްވައި، ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ.

މީގެ ތެެރެއިން އެއް މިސާލަކަށް ބަލައިލާނަމެވެ. ކުރީގެ ސަރުކާރުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުން ވިލިމާލޭގައި އެމްޓީސީސީ ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި އޮތް ދުވަސްވަރެވެ. އެކަމާ ގުޅިގެން އޭރު ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި، މިހާރުގެ ރައީސް މުއިއްޒު އަވަސްއަވަހަށް ވިލިމާލެއަށް ބަގީގެ ޚިދުމަތްތަކެއް ތައާރަފު ކުރެއްވިއެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ނަމުގައި ބަގީތަކެއް ވިލިމާލެއަށް ގެނައީ ކުރީގެ ރައީސް ސާލިހު ފެއްޓެވުމަށް ހަމަޖެއްސެވި ބަސް ދަތުރުތަކަށް ލިބޭ ތަރުހީބު ދަށްކުރެއްވުމަށެވެ. ބަސް ދަތުރު ފަސް ރުފިޔާއަށް ކޮށްދޭއިރު، ބަގީ ދަތުރުތައް ކޮށްދިނީ އަގަކާނުލައެވެ.

ބަގީގެ ޚިދުމަތް ފެށިގޮތުގެ ވާހަކަ ކިޔައިދެންހެއްޔެވެ؟ ބަގީ ޕެރޭޑަކުން ފެށި މި ޚިދުމަތަކީ ރައީސް މުއިއްޒުގެ ކެމްޕޭނުގެ ހަރަކާތެއްގެ ގޮތުން ބޭއްވި ބަގީ ޕެރޭޑެކެވެ. ހުރިހާ ބަގީތަކެއް ވިލިމާލޭގެ މަގުތަކުގައި އެތުރުމަށްފަހު ބޮނޑިބަތް ޕާޓީއެއް ބާއްވައި، ލަވަޖަހަޢި ހެދިއެވެ.

ނަމަވެސް، ރައްޔިތުން އެންމެ އެދޭކަހަލަ ޚިދުމަތެއް މި ބަގީތަކުން ފޯރުކޮށެއް ނުދެވެއެވެ. ވާރޭ ވެހިލާއިރަށް ރައްޔިތުންނަށް ބަގީ ފިލައެވެ. ސަތަރިއެއް ވައްޓާލައިގެން ބަގީ ހިޔާކޮށް ދުއްވުމުގެ ވިސްނުމެއްވެސް ހަމަ ނެތީއެވެ. ބަގީގެ ބޭނުން އެންމެ ޖެހޭ ގަޑީގައި ބަގީއެއް ނޯވެއެވެ. ބަގީއަކަށް ގުޅާލާއިރަށް ޖަވާބުދެނީ ހާލަކުން ފަހަރަކުއެވެ. މިއީ ބަގީގެ ޚިދުމަތް ދޭން ފެށިތާ ދުވަސްކޮޅެއް ފަހުން ބަގީގެ އަސްލު ސޫރަ އައިގޮތެވެ. ބަގީގެ މޮޅު ތަންކޮޅަކީ އެއިން ފީ ނުނަގާކަން އެކަންޏެވެ.

މިއަދު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން އެ ބަގީތަކުގެ މަންޒަރު ވިލިމާލޭގެ މަގުމަތިން ފަނޑުވަމުން ގޮސް، އެއަށް ވީގޮތެއް އެނގޭ މީހަކުވެސް ނެތެވެ. ރައްޔިތުން އެންމެ ޚިދުމަތް ބޭނުންވި ބަގީ ރައްޔިތުންނަށް ދޯކާ ދިނީއެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ފެށި އެމްޓީސީސީގެ ބަހުގެ ޚިދުމަތްތައް އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށް އެބަދެއެވެ. ފަސް ރުފިޔާއަށް ދަތުރުކުރަން ޖެހުނަސް ވަރިހަމައެވެ. ރައްޔިތުން ބޭނުންވާ ގޮތަށް ބަހުގެ ޚިދުމަތް އެބަ ލިބޭތާއެވެ. ޝެޑިއުލްކޮށްފައި ހުރި ގަޑިތަކަށް ބަސް ދަތުރުކުރަމުން އެބަދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
33%
67%
ކޮމެންޓް