ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 13:19
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
އެޗްއާރްސީއެމް
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
 
އެޗްއާރްސީއެމްއިން ހުށަހަޅާފައިވާ މައްސަލައިގައި ޓްރައިބިއުނަލްގެ ނިންމުމުގައި ހިމެނިފައިވާ ޤާނޫނީ ގޯހަކީ ކޮބައިކަން ބުނެދެވިފައިނުވޭ
 
ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށް

އެޗްއާރްސީއެމްގެ މެމްބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

މި މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ކޯޕަރޭޓް އެފެއާރޒް ޑިޕާޓްމަންޓްގެ ސީނިއަރ ހިއުމަން ރިސޯސަސް އޮފިސަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފު އެ ކޮމިޝަނުގެ ހަތަރުވަނަ ދައުރުގެ ހަތަރު މެންބަރެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރުމަށް 30 އޮގަސްޓު 2020 ގައި ދިން އިރުޝާދަކާއި އެއްގޮތަށް އެ އިމެއިލްތައް ޑީއެކްޓިވޭޓްކޮށް މައުލޫމާތު ނައްތާލުމުގެ ސަބަބުން، ކޮމިޝަނަށް އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ވެފައިވާކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި މުވައްޒަފުގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅީ އޭނާ ވަޒީފާއަށް ނުނު ކުމެ ހުރުމަށް އެންގި އެންގުމަކީ ބާޠިލް އެންގުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، "ވަޒީފާއަށް ނުނުކުމެ ހުރުމަށް އަންގާ ފޮނުވި ޗިޓަކީ ބާޠިލް ޗިޓެއްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާގެ ޕަރސަނަލް ފައިލުން އެ ޗިޓު އުނިކުރުމަށެވެ.

ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެެވެ. އެހެންކަމުން އެޗްއާރްސީއެމްއިން މި މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

އެހެންނަމަވެސް، އެޗްއާރްސީއެމްއިން ހުށަހަޅާފައިވާ މައްސަލައިގައި ޓްރައިބިއުނަލްގެ ނިންމުމުގައި ހިމެނިފައިވާ ޤާނޫނީ ގޯހަކީ ކޮބައިކަން ބުނެދެވިފައިނުވާކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު  ޙަސަން ޝަފީއު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް