ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 12:07
އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ
އިންޓަ މިލާންގެ ކޯޗު ސިމޯން އިންޒާގީ
ރޮއިޓާސް
އިންޓަ މިލާން
އިންޓަ މިލާންގައި އިންޒާގީ ހުރީ ހިތްހަމަޖެހިގެން!
 
އުމުރުން 47 އަހަރުގެ އިންޒާގީ އިންޓަ މިލާނާ ހަވާލުވީ 2021 ވަނަ އަހަރު

އިންޓަ މިލާާންގައި ހުރީ ހިތްހަމަޖެހިގެން ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ސިމޯން އިންޒާގީ ބުނެފި އެވެ.

އިންޒާގީ މިހެން ބުނީ، އޭނާގެ ކުރިމަގާ ގުޅުވައިގެން އެކި އެކި ވާހަކަތައް މީޑިއާތަކުގައި ދެކެެވެމުން އަންނަ ވަގުތެއްގަ އެވެ. އުމުރުން 47 އަހަރުގެ އިންޒާގީ އިންޓަ މިލާނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ލާޒިއޯގައި ހުރުމަށްފަހު އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަނެއްކާ ވެސް ދެ އަހަރަށް އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އިންޒާގީ ބުނީ، އެހެން ކުލަބުތަކާ އެއްވެސް މަޝްވަރާއެއް އޭނާ ކުރަމުން ނުދާ ކަމަށާއި، އިންޓަ މިލާންގައި ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. އެހެންކަމުން މިވަގުތު އޭނާގެ ފުރިހަމަ ފޯކަސް އޮތީ އިންޓަ މިލާނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އިންޒާގީ ބުނީ، އައު އެއްބަސްވުމެއްގެ ވާހަކަ މިވަގުތަށް މުހިންމު ނޫން ކަމަށެވެ. މިވަގުތަށް އެންމެ މުހިންމީ އިންޓަގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުން ދަމަހައްޓައި، ކުލަބާއެކު ކާާމިޔާބު ހޯދުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ، އިންޓަ މިލާންގެ އިސްވެރިންނާއި، ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމުގައި ވެސް އިންޒާގީ ބުންޏެވެ.

އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ އިން ވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އަނެއްކޮޅުން މި ސީޒަންގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު އިޓާލިއަން ލީގު ތާވަަލްގެ އެއް ވަނައިގައި އެ ޓީމު އޮތީ ވެސް 12 ޕޮއިންޓުގެ ލީޑަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް