ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 09:58
މޮޑްރިޗް ލަނޑު ޖެހުމަށްފަހު ލުކަސް ވަޒުކްއޭޒްއާއެކު އުފާފާޅުކުރަނީ
މޮޑްރިޗް ލަނޑު ޖެހުމަށްފަހު ލުކަސް ވަޒުކްއޭޒްއާއެކު އުފާފާޅުކުރަނީ
ރޮއިޓާސް
ސްޕެނިޝް ލަލީގާ
މޮޑްރިޗްގެ ލަނޑުން މޮޅުވެ، ރެއާލްގެ ލީޑް 8 ޕޮއިންޓަށް
 
މޮޑްރިޗް ލަނޑު ޖެހީ ބަދަލަކަށް ނުކުމެ

ތަޖުރިބާކާރު މިޑްފީލްޑަރ ލޫކަ މޮޑްރިޗް ޖެހި ހަމައެކަނި ލަނޑުން މޮޅުވެ, ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާ ތާވަލްގެ އެއް ވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ރެއާލް އިން ލީޑް 8 ޕޮއިންޓަށް ފުޅާކުރީ އަމިއްލަ ދަނޑުގައި 1-0 ން ސެވިއްޔާ ބަލިކޮށްގެންނެވެ. މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު 38 އަހަރުގެ މޮޑްރިޗް ޖެހީ 81 ވަނަ މިނިޓްގައެވެ. މޮޑްރިޗް ކުޅެން ނިކުތީ 75 ވަނަ މިނިޓްގައެވެ. އޭގެކުރިން ލުކަސް ވަޒްކުއޭޒް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބަލައި ނުގަތެވެ. އެއީ އެޓޭކް އުފެއްދުމުގެ ތެރޭގައި ނަޗޯ ސެވިއްޔާގެ ޔޫސުފް އަލް ނަސީރީ އަށް ފައުލްކޮށްފައި ވާތީއެވެ. ލަނޑު ބަލައި ނުގަންނަން ނިންމީ ވީއޭއާރުން ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހު އެވެ. އޭގެފަހުން ދެވަނަ ހާފްގައި ފެޑެރީކޯ ވަލްވާޑޭ ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔައެވެ. ހުއްޓުވީ ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

މިމޮޅާއެކު ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 26 މެޗުން 65 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 26 މެޗުން 57 ޕޮއިންޓާ އެކުއެވެ. ޖިރޯނާ ތިން ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓާ އެކުއެވެ. 52 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް