ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 09:54
ފްރާންސާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން
ފްރާންސާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
ލަލީގާ
އެމްބާޕޭ ގަތުމަށް ރެއާލް މެޑްރިޑުން ކުޅުންތެރިއަކު ވިއްކާކަށް ނުޖެހޭނެ: ލަލީގާ
 
ރެއާލް އަކީ އިގްތިސާދީ ގޮތުން ވަރަށް ރަނގަޅު މަގާމެއްގައި އޮތް ކުލަބެއް: ލަލީގާ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އަދި ފޯވަޑް ކީލިއަމް އެމްބާޕޭ ގަތުމަށް ރެއާލް މެޑްރިޑުން ކުޅުންތެރިއަކު ވިއްކާލަން ނުޖެހޭނެ ކަމަށް ލަލީގާއިން ބުނެފި އެވެ.

ލީގުގެ ރައީސް ހާވިއާ ޓަބޭސް ވިދާޅުވީ ރެއާލް މެޑްރިޑް އޮތީ މާލީ ގޮތުން ކުޅުންތެރިއަކު ވިއްކާލަންޖެހޭ ވަރަށްވުރެ މާ ބޮޑަށް ވެސް ހާލަތު ރަނގަޅުކޮށް ކަމަށެވެ.

"އެއީ އިގްތިސާދީ ގޮތުން ވަރަށް ރަނގަޅު މަގާމެއްގައި އޮތް ކުލަބެއް. އެމީހުން ކުޅުންތެރިއަކު ގަންނާކަށް އިތުރު ކުޅުންތެރިއަކު ވިއްކާކަށް ނުޖެހޭ. ގަންނަން ބޭނުންވަނީ ކިތަންމެ މޮޅު ކުޅުންތެރިއެއްވިޔަސް އެމީހުންނަށް އެކަން ކުރެވޭނެ،"
ޓަބޭސް ބުންޏެވެ.

އޭނާ ބުނީ އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވަޑް ކަމަށާއި އޭނާ ރެއާލް މެޑްރިޑާ ގުޅެން ބޭނުންވާ ކަމަށެވެ.

"އެމްބާޕޭ އާއި އާލިން ހާލަންޑް އަދި ޖޫޑް ބެލިންހަމް އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ތިން ކުޅުންތެރިން. އޭގެ ތެރެއިން ދެ ކުޅުންތެރިން އެތިބީ ރެއާލް މެޑްރިޑުގައި. މީގެ ސަބަބުން ލީގަށް ފައިދާވާނެ،"
ޓަބޭސް ބުންޏެވެ.

ރެއާލްގައި އެމްބާޕޭ އާއި ބެލިންހަމްތިބި ކަމަށް ޓަބޭސް ވިދާޅުވުމުން ގިނަ ބަޔަކު މިހާރު ބުނަމުންދަނީ އެމްބާޕޭ ރެއާލްގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަން އޭނާ އާއި ރެއާލް އަދި ޕީއެސްޖީން ވެސް ކަށަވަރުކޮށްނުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް