ކ. މާލެ
|
19 ފެބްރުއަރީ 2024 | ހޯމަ 13:01
ރޮނާލްޑޯ (ކ) އާއި މެސީ
ރޮނާލްޑޯ (ކ) އާއި މެސީ
ގޫގުލް
ސްޕެނިޝް ލީގް
މެސީ އާއި ރޮނާލްޑޯ ގެންގޮސްގެން ކުރިނޭރީ އެހެން ލީގުތައް: ސްޕެނިޝް ލީގް
 
އެ ދެ ކުޅުންތެރިން ތިބިގެން ބޮޑު ކުރިއެރުމެއް ލިބޭނެ: ޓަބޭސް

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ސްޕެނިޝް ލީގުން ގެންދިޔަ ނަމަވެސް އެ ދެ ކުޅުންތެރިން ގޮވައިގެން އެހެން ލީގުތައް ކުރިއަރާފައިނުވާ ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ.

ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓަބޭސް ބުނީ ބާސެލޯނާއިން ވިދާލި މެސީ އާއި ރެއާލް މެޑްރިޑުގައި މޮޅަށް ކުޅުނު ރޮނާލްޑޯ ނުލައި ވެސް ސްޕެނިޝް ލީގު އޮތީ ޑިމާންޑު ބޮޑު ލީގެއްގެ ގޮތުގައި ކަމަށެވެ.

މެސީ، އާއި ނޭމާ އާއި އެމްބާޕޭ ގޮވައިގެން ޕީއެސްޖީން އުޅުނަސް ފްރާންސް ލީގު ކުރިނޭރި. ރޮނާލްޑޯ އާއި އެނޫން ކުޅުންތެރިން ގެންގޮސްގެން ވެސް އިޓާލިއަން ލީގު ކުރިނޭރި. އަހަރުމެން ތިބީ ކުރިން ވެސް ތިބި ހިސާބުގައި. އެމީހުން (ރޮނާލްޑޯ) ގޮސްގެން ހަތް އަހަރުވީއިރު ވެސް އަހަރުމެންގެ އާމްދަނީ މާބޮޑަށް ދަށެއްނުވޭ
ޓަބޭސް

އޭނާ އަދި ބުނީ މެސީ އާއި ރޮނާލްޑޯ ހިމަނައިގެން ސްޕެނިޝް ލީގަށް އިތުރު އާމްދަނީ ހޯދަން ފަސޭހަވާނެ ކަމަށެވެ.

އެއީ އެންމެ މޮޅު ދެ ކުޅުންތެރިން. އެންމެ ވާދަވެރި އަދި އެންމެ މާކެޓަބަލް ދެ ކުޅުންތެރިން. މި ކުޅުންތެރިން ތިބިނަމަ އަހަރުމެންނަށް އިތުރު ކުރިއެރުން ހޯދަން ފަސޭހަވާނެ
ޓަބޭސް

ރެއާލް މެޑްރިޑުން އަންނަ ސީޒަނުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ގެނައުން ގާތް ކަމަށް ވެސް ޓަބޭސް ބުންޏެވެ. އޭނާ ބުނީ މިކަމުގެ ސަބަބުން ރޮނާލްޑޯ އާއި މެސީ ނެތުމުން ލިބުނު އުނިކަން ފޫބައްދަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް