ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 13:12
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު
ޕީޖީއަށް ޙަމަލާދިން މައްސަލަ
ޕީޖީއަށް ޙަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
 
މިއީ ވަރަށް ބޮޑަށް ރޭވިގެން ދީފައިވާ ޙަަމަލާއެއްކަމަށް ޝުޖާއު ވިދާޅުވި
 
ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރި
 
އެމީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މިކަމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގްރޭޓަރ މާލެ ސަރަޙައްދުންނެވެ.

މި މައްސަލަ ރިޕޯޓު ކުރެވުމާއި ހަމައިން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިކަމުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފެށިކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، އެމީހުން ޙަމަލާ ދިނީ ކޮން ބައެއްކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެންކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ރޭވިގެން ދީފައިވާ ޙަަމަލާއެއްކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މިކަމުގެ ފަހަތުގައިވެސް އިތުރު ބަޔަކު ތިބެދާނެކަމަށް ބަލައި ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސީޕީ ޝުޖާއު ވިދާޅުވީ، މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު މައުލޫމާތު ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމާލަން ކަށަވަރު ކުރުމަށްޓަކައި މި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީއަށް ވެސް ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި އެއްބަސްވި މީހާއަށް ދައުވާނުކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި