ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 08:58
ރަޝިޔާގެ ރައީސް ވުލަމިޑިއާ ޕުޓިން (ކ) އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން (ވ)
ރަޝިޔާގެ ރައީސް ވުލަމިޑިއާ ޕުޓިން (ކ) އާއި ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން (ވ)
ރޮއިޓާސް
ޕޫޓިން ތުރުކީވިލާތަށް
ރަޝިއާގެ ރައީސް ޕޫޓިން ތުރުކީވިލާތަށް ވަޑައިގަންނަވަނީ
 
ތުރުކީއާއި ރަޝިއާ އަކީ އައިސީސީގެ މެންބަރު ގައުމުތަކެއް ނޫން

ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައިސް ރަޖަބް ޠައްޔިބު އުރުދުޣާންއާ ޕުޓިން ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، މިއީ 2022 ވަނަ އަހަރު ރަޝިޔާ ޔުކްރެއިން ހަނގުރާމަ ފެށިފަހުން ނޭޓޯގެ މެންބަރު ގައުމަކަށް ޕުޓިން ވަޑައިގަންނަވާނެ ފުރަތަމަ ދަތުރުފުޅަށެވެ.

ޔޫކްރޭންގެ ކުޑަ ކުދިންތަކެއް އެ ކުދިންގެ ބެލެނިވެރިންގެ ހުއްދައާނުލައި ރަޝިޔާއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ފަހުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޕުޓިން ރަޝިޔާއިން ބޭރަށް ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

އެ ތުހުމަތުތައް ރަޝިޔާއިންދޮގުކޮށްފައިވާއިރު، އަދި ރަޝިޔާއަކީ އައިސީސީގެ މެންބަރު ގައުމެއް ނޫން ކަމުން އެފަދަ އަމުރެއް ޕޫޓިންގެ މައްޗަށް ތަންފީޒު ކުރުމަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އަނެއްކޮޅުން ތުރުކީވިލާތަކީ ވެސް އައިސީސީގެ މެންބަރު ގައުމެއް ނޫން ކަމުން ޕޫޓިންއަށް އެއްވެސް ބިރެއްނެތި ތުރުކީވިލާތަށް ދަތުރުކުރެވޭނެއެވެ.

ތުރުކީއާއި ރަޝިޔާއާ ދެމެދު ތާރީޚީ ގޮތުން އޮތް ގުޅުން ހީނަރުވެ، ސަރަހައްދީ އެއްބާރުލުން މެދުކެނޑިގެންދިޔައީ ފިނި ހަނގުރާމައިގެ ދުވަސްވަރު ތުރުކީއަށް ނޭޓޯގެ މެންބަރުކަން ލިބުމުން ސޯވިއެޓް ޔޫނިއަންއާ ތުރުކީގެ ހިޔާލު ތަފާތުވުމުގެ ސަބަބުންނެވެ. ނަމަވެސް ފަހަކަށް އައިސް ތުރުކީ އާއި ސޯވިއެޓް ރަޝިއާ އިން ވަނީ އިގްތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް އުފައްދައި ކުރުދީ ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމާއި ސީރިއާގެ ދާހިލީ ހަނގުރާމަ ހަމައަކަށް އެޅުމާއި ހަކަތައިގެ ޕައިޕްލައިންތައް ތަރައްގީ ކުރުން ފަދަ ހިއްސާވާ މަސްލަހަތުތަކާ ބެހޭ ގޮތުން އިތުރަށް ގާތުން ގުޅުން ބަދަހިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް