ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 17:49
އެމްޓީސީސީ ޓަވަރ
އެމްޓީސީސީ ޓަވަރ
ރާއްޖެއެމްވީ
އާ ކުންފުންޏެއް އުފެއްދުން
އެމްޓީސީސީއަށް ނުކަތާ ވަރަށް މަސައްކަތް ހުރި ކަމަށް ބުނެ އިތުރު ކުންފުންޏެއް އުފައްދަނީ
 
އުމްރާނީ މަަސައްކަތްތައް ހުއްޓިފައި ހުރި ހުރުމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ
 
އެމްޓީސީސީގެ ފެންވަރާއި މެދު ސުވާލު ނު އުފައްދަވާ ކަަމަށް ނާޒިމް ވިދާޅުވި
 
އެމްޓީސީސީގެ ސްކޯޕްގައި އެމްޓީސީސީ އަށް ނުކަތާވަރަށް ގިނަ މަސައްކަތްތައް ހުރި ކަަމަށް ނާޒިމް ވަނީ ވިދާޅުވެފަ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީ އަކީ ޤާބިލްތަނެއް ކަމަށާޢި ނުކަތާ ވަރަށް މަސައްކަތްތަކެއް ނެތް ކަމަށް އެމްޓީސީސީގެ ކުރިގެ ސީއީއޯ އަދި މާލޭގެ އިންތިޚާބީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި އެކަން ހާމަކުރެއްވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ މަަސައްކަތްތައް ހުއްޓިފައި ހުރި ހުރުމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރު އެ މަސައްކަތްތައް ކުރަމުންދާ އެމްޓީސީސީގެ އިތުރުން އެހެން ކުންފުންޏެއް އުފައްދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްޓީސީސީގައި ވަަރަށް ގިނަ މަސައްކަތްތައް މިވަގުތު ފުނިޖެހިފައި އެބަ ހުރި ކަަމަށެވެ. އެމްޓީސީސީ އަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ މަސައްކަތްތައް ބޮޑުވެފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ނާޒިމް އެފަދައިން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ އެމްޓީސީސީގެ ފެންވަރު ނެތީތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ނާޒިމް ވިދާޅުވީ އެމްޓީސީސީގެ ފެންވަރު ދަށްކަަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެމްޓީސީސީގެ ސްކޯޕްގައި އެމްޓީސީސީ އަށް ނުކަތާވަރަށް ގިނަ މަސައްކަތްތައް ހުރި ކަަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވެފައި ވަނީ ރަނގަޅަށް ނުހިނގާ ކުންފުނިތައް ރީސްޓްރަކްޗަރކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ކުންފުނިތައް މަރޖްކުރާ ހާލަތުގައި އާއި ކުންފުނިތައް އުވާލަން ޖެހޭ ނަމަ އެ މަސައްކަތް ފެށުމަށާއި އަލަށް ކުންފުންޏެއް އުފެއްދުމުގައި އެކުލަވާލާނެ ހަރުދަނާ އުސޫލެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ އަމަލުކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތަކާއި ގުޅޭގޮތުން ވަކި ގޮތަކަށް އަމަލު ކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް