ކ. މާލެ
|
18 ޑިސެންބަރ 2023 | ހޯމަ 21:58
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު
ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު
ރާއްޖެއެމްވީ
އައްމަޓީ ފުރުން މަނާކުރުން
އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން އަމުރެއް ނެރެފި
 
ވަގުތީ އަމުރު ނެރެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ފުރައިގެން ގޮސްފިނަމަ، ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ
 
އައްމަޓީގެ ޕާސްޕޯޓު ޑިސެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 5:00ން ފެށިގެން ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭގަނޑު 11:00ށް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވޭ

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށް ފަހު، ރާއްޖެއިން ބޭރަށްގޮސް ފިލައިގެން އުޅުނު، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެދިގެން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ އައްމަޓީގެ ޕާސްޕޯޓު ޑިސެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 5:00ން ފެށިގެން ޑިސެމްބަރު 26 ވަނަ ދުވަހުގެ ރޭގަނޑު 11:00ށް ދޫކުރުމަށް ކްރިމިނަލް ކޯޓުން "ފުރުަން މަނާކުރުމުގެ އަމުރު މުރާޖާކޮށް ނިންމި ގޮތް" އިސްތިއުނާފުކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ބަލަމުންދާ މައްސަލައެއް ކަމަށެވެ.

މި އިސްތިއުނާފީ މައްސަލައިގައި ދައުލަތުން އެދިފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރުމަށެވެ. އަދި މި މައްސަލަ ކޯޓުގައި ހައިކޯޓުގައި ހިނގަމުންދަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ފުރައިގެން ގޮސްފިނަމަ، ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ މަގުސަދު ގެއްލިގެން ހިނގައިދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ އަދުލު އިންސާފުގާއިމްކޮށް ދެމެހެއްޓުމަށްޓަކައި ހައިކޯޓުގެ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ކޯޓުގައި ކުރިއަށްދާ ގަޒިއްޔާގެ ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކިގޮތެއް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އައްމަޓީގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ އޭނާ ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިން ދުވަސް ނޫން ޖެހިގެން އައި ދުވަހުއެވެ. އެއީ ޑިސެމްބަރު 7 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް