ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 18:49
ޗައިނާ ގެ ސަބްވޭ ރޭލް އެކްސީޑެންޓް
ޗައިނާ ގެ ސަބްވޭ ރޭލް އެކްސީޑެންޓް
ސީ.އެން.އެން
ޗައިނާގައި ދެރޭލު ޖެހުން
ޗައިނާގައި ދެރޭލު ޖެހުމުގެ ސަބަބުން ގިނަބަޔަކަށް އަނިޔާ ވެއްޖެ
 
އެކްސީޑެންޓްގައި މީހަކު މަރުވެފައި ނުވިނަމަވެސް 67 މީހުން ވަނީ ފަރުވާޔަށް ޓަކައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ

ޗައިނާގެ ވެރިރަށް ބޭޖިންގ ގައި ބިމުއަޑިން ދަތުރުކުރާ ދެރޭލު ޖެހުމުގެ ސަބަބުން ސަތޭކަޔަށް ވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިއްޖެ އެވެ. ސަބްވޭ ރޭލުދަތުރުތަކުގެ އެންމެ ކާރޫ ބާރޫ ބޮޑު ގަޑިކަމަށްވާ އިރުއޮއްސި 7ޖަހާ އެހާއިރު ހިނގި އެކްސީޑެންޓް ގައި ސަތޭކަޔަށް ވުރެ ގިނަ މީހުންގެ އަތްފައި އަދި އެހެންވެސް ކަށި ބިނދި ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށް ސްޓޭޓް މީޑިޔާއާ ހަވާލާ ދީ ލިބޭ ޚަބަރުތައް ބުނެއެވެ.

އެކްސީޑެންޓް ހިނގުމާއި އެކު 500 އަށްވުރެގިނަ މީހުން ހޮސްޕިޓަލަށް ގެންދިޔަނަމަވެސް ހުކުރު ދުވަހު ހެންދުނާހަމަޔަށް އޭގެތެރެއިން 423 މީހުން ފަރުވާޔަށް ފަހު ދޫކޮށްލާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ސަބްވޭ ދެރޭލު ޖެހެން ދިމާވެފައިވަނީ ބޯކޮށް ފޭބި ސްނޯގެ ސަބަބުން ރޭލު ދަގަނޑުތަކުގެ މަތި ކައްސާގޮތް ވެފައިވާތީ ކަމަށް ވެއެވެ. ސްނޯގެ ސަބަބުން ސިގްނަލް ސިސްޓަމްގައިވެސް ހުރީ މައްސަލަ ޖެހިފައެވެ. އެހެން ކަމުން ރޭލު ކުއްލިއަކަށް ބުރަކި ޖައްސަން ޖެހުމާއި، އުސް ހިސާބަކުން ތިރިޔަށް އައި ވަގުތަކަށް ވުމުންވެސް އެކްސީޑެންޓް ހިނގަން ދިމާވި ސަބަބު ތަކުގެ ތެރޭގައި ހިމެނެއެވެ.

ދެރޭލު ޖެހުމުގެ ސަބަބުން އެއްރޭލުގެ ދެބައި ފުރޮޅާލާފަވެސް ވެއެވެ.

މިހާދިސާގައި މީހަކު މަރުވެފައި ނުވިނަމަވެސް 67 މީހުން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް