ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 16:34
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވުން
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވުން
ރައްޔިތުންގެ މަޖިލިސް
ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް
އޮސްޓްރޭލިއާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖަސެޕް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލިސްކުރާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި، އޮސްޓްރޭލިއާއިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕްރެކްޓިސް ޕާލަމެންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އޮސްޓްރޭލިއާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުންނާއި އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަފީރު މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި މަޖިލީހުގައި ގިންތީގެ ހަމަހަމަކަން ޤާއިމްވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތައް ތަމްސީލުކުރެއްވުމުގައި އަންހެން ބޭފުޅުން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެ، އެކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ކޮމެންޓް