ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 19:04
މޮރިޝަސްގައި ކުރިޔަށްދިޔަ ކޮލޮމްބޯ ސެކިޔުރިޓީ ކޮންކްލޯވް ބައްދަލުވުން
މޮރިޝަސްގައި ކުރިޔަށްދިޔަ ކޮލޮމްބޯ ސެކިޔުރިޓީ ކޮންކްލޯވް ބައްދަލުވުން
ވަޔަން
އިންޑިޔާ ކަނޑުގެ ސަލާމަތް
އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން މޮރިޝަސްގައި ބޭއްވި ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިނުވޭ
 
ބުރާސްފަތި ދުވަހު މޮރިޝަސްގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިންޑިޔާ، ސްރީލަންކާ، އަދި މޮރިޝަސް ގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުން
 
ކޮލޮމްބޯ ސެކިޔުރިޓީ ކޮންކްލޭވްގައި ހިމެނޭ ގައުމުތަކަކީ ރާއްޖެ، އިންޑިޔާ، މޮރިޝަސް އަދި ސްރީލަންކާ

އިންޑިޔާ ކަނޑުގެ ސަލާމަތާއި ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ މުހިންމު ބައްދަލުވުމެއްކަމުގައިވާ " ކޮލަމްބޯ ސެކިޔުރިޓީ ކޮންކްލޭވް" ގެ މިއަހަރުގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާކަން ހާމަވެއްޖެއެވެ.

މިއަހަރުގެ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މޮރިޝަސްގައެވެ. މިއީ މީގެ ހަވަނަ ބައްދަލުވުމެވެ. ކޮލޮމްބޯ ސެކިޔުރިޓީ ކޮންކްލޭވްގައި ހިމެނޭ ގައުމުތަކަކީ ރާއްޖެ، އިންޑިޔާ، މޮރިޝަސް އަދި ސްރީލަންކާއެވެ. މިއީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަދައްކާ ބައްދަލުވުމެކެވެ.

ބުރާސްފަތި ދުވަހު މޮރިޝަސްގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިންޑިޔާ، ސްރީލަންކާ، އަދި މޮރިޝަސް ގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުންނެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާތީ އެކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ޗައިނާގައި އޮންނަ ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބައިވެރިވެވަޑައިގަތުމަށް ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހު ޗައިނާއަށް ފުރާވަޑައިގެންފައެވެ. މި ފޯރަމް އަކީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ)ން އިންތިޒާމުކުރާ ފޯރަމެކެވެ.

މިދިޔަ އަހަރު ރާއްޖެއިން އެފޯރަމްގައި ބައިވެރިވެފައެއްނުވެއެވެ.

ކޮލަމްބޯ ސެކިޔުރިޓީ ކޮންކްލޭވްގައި އަލިއަޅުވާލަނީ މައިގަނޑު ފަސް ކަމަކަށެވެ. އެއީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ރާވައިގެން ހިންގާ ކުށްތަކާއި ވަގުވިޔަފާރި ހުއްޓުވުމާއި ސައިބަރ ސެކިއުރިޓީ އާއި ޓެކްނޮލޮޖީގެ ނާޒުކު ވަސީލަތްތައް ހިމާޔަތްކުރުމެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމަކީވެސް މި ކޮންކްލޭވްގެ މަގްސަދެކެވެ. ބައްދަލުވުމުގައި އޮބްޒަރވަރެއްގެ ގޮތުން ބަންގްލަދޭޝް އަދި ސީޝެލްސް އިން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި