ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 12:11
ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ
ޝުއައިބް މުހައްމަދު އިގްބާލް
ނޮވެމްބަރު 3ގެ ޙަމަލާ
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީ މިނިވަންވެއްޖެ
 
ފަހުން އޭނާ ތަންފީޒު ކުރަމުން ދިޔައީ ފިލައިގެން އުޅުނު މައްސަލައިގައި އިއްވާފައިވާ ޙުކުމް
 
ލުތުފީއަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިއަހަރުގެ ޖޫންމަހު

ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިނިވަންވެއްޖެއެވެ.

ލުތުފީއަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިއަހަރުގެ ޖޫންމަހުއެވެ. އެގޮތުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ތަންފީޒު ކުރަމުން ދިޔައީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި އިއްވާފައިވާ 7 މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ލުތުފީ އެ ޙުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި، ހޯމަ ދުވަހު އޭނާ ދޫކޮށްލާނެކަމަށެވެ.

ބަޣާވާތުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށް ލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލީ 2010 ވަނަ އަހަރުއެވެ. އޭރު ހޯމް މިނިސްޓްރީން އޭނާ ފޮނުވީ އަމިއްލަ ހަރަދުގައި ބޭސްފަރުވާކުރުމަށް 2010 ވަނަ އަހަރުގެ ޖެނުއަރީގައި އެއް އަހަރު ދުވަހަށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުންނެވެ.

ނަމަވެސް އޭނާ އޭރުން ފެށިގެން ސްރީ ލަންކާގައި އެއްވެސް ލިޔެކިއުމެއް ނެތި ފިލައިގެން އުޅުމަށް ފަހު އެ ގައުމުގެ ފުލުހުންނާ އަމިއްލައަށް ހަވާލުވީ 2019 ގައެވެ. އޭރު އެގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދަނިކޮށް ލުތުފީ އަމިއްލައަށް ހަވާލުވީ ސަލާމަތްވުމަށް ކަމަށް ވެސް ބުނެއެވެ.

އޭނާ ރާއްޖެ ގެނައީ ހަމަ އެ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ މިނިވަންކަން މަތީގައި އެއްވެސް ކުށެއް ނެތް މީހެއް ފަދައިން އިއްޒަތާއި ގަދަރުގައި ގެނައި ކަމަށް ބުނެ އެތައް ބައެއް އެކަމާ ފާޑު ވެސް ކިޔާފައިވެއެވެ.

2019 ގައި އޭނާ މާލެ ގެނައި އިރު ބަޣާވާތުގެ ކުށުގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކޮށްނިމިފައިވާއިރު، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާއަށް އުފުލީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
0%
0%
50%
0%
0%
ކޮމެންޓް