ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 11:58
އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ޖިރޫޑް
އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ޖިރޫޑް
ރޮއިޓާސް
އޭސީ މިލާން
އޭސީ މިލާންގައި މަޑުކުރަން ބޭނުން: ޖިރޫޑް
 
މިލާންގައި މަޑުކުރަން އޭނާ ބޭނުންވަނީ، އަދިވެސް އޭނާ އަށް އެ ކުލަބަށް އެހީތެރިވެވޭނެ ކަމަށް ޤަބޫލު ކުރާތީ

އިޓާލިއަން ލީގުގެ އޭސީ މިލާންގައި މަޑުކުރަން ބޭނުންވާ ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ އޮލީވިއޭ ޖިރޫޑް ބުނެފި އެވެ.

ޖިރޫޑް މިހެން ބުނީ، އޭސީ މިލާންގައި އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން، ފްރާންސްގެ މީޑިއާ އަކުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ޖިރޫޑް ބުނީ، އޭސީ މިލާންގައި މަޑުކުރަން އޭނާ ބޭނުންވާ ކަމަށާއި، އެ ކުލަބަށް އޮންނަނީ ޚާއްސަ ލޯތްބެއް ކަމަށެވެ. އޭނާ ބުނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިހާތަނަށް އައު އެއްބަސްވުމެއްގެ މަޝްވަރާ ކުލަބާ ކޮށްފައި ނުވާ ކަމަށެވެ. އިތުރަށް އޭނާ ބުނީ، އޭސީ މިލާންގައި މަޑު ކުރަން އޭނާ ބޭނުންވަނީ، އަދި ވެސް އޭނާ އަށް އެ ކުލަބަށް އެހީތެރިވެވޭނެ ކަމަށް ޤަބޫލު ކުރާތީ ކަމަށެވެ.

އުމުރުން 37 އަހަރުގެ ފޯވާޑް އޭސީ މިލާނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޗެލްސީ ދޫކޮށް ޖިރޫޑް އޭސީ މިލާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، މިއަހަރު އޭނާ ވަނީ އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އޭސީ މިލާނަށް ބަދަލުވެ ޖިރޫޑް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 100 މެޗުގައި 40 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 22-2021 ވަނަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޖިރޫޑް އަންނަނީ މިހާރު ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު، ފީފާ ވޯލްޑް ކަޕްގައި އޭނާ ވަނީ ފްރާންސްގެ ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑެއް ވެސް މުގުރާލާފަ އެވެ. އެއީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. ޖިރޫޑް ވަނީ ޤައުމީ ޓީމަށް ކުޅެދިން 128 މެޗުގައި 56 ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް