ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 19:51
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހާރިޖީ ވުޒާރާ
އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން ގެންނަނީ
އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުން އަނބުރާ ރާއްޖެ ގެންނަނީ
 
އައު ސަރުކާރު އެކުލަވާލުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން
 
މުވައްޒަފުން އެނބުރި ރާއްޖެ ގެނައުމަށް ނިންމާފައިވަނީ އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން
 
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން 61 ބޭފުޅަކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވޭ

ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެވަޑައިގަތުމަށް ފޮރިން މިނިސްޓަރީން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ބައެއް ޑިޕްލޮމެޓިކް މުވައްޒަފުން އެނބުރި ރާއްޖެ ގެނައުމަށް ނިންމާފައިވަނީ އިންތިޚާބީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިންކަމަށެވެ. އެހެންކަމުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން 61 ބޭފުޅަކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ސަފާތު ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައު ސަރުކާރު އެކުލަވާލުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، ބައެއް ކުންފުނިތަކާ ހަވާލުވެލައްވާނެ ބޭފުޅުންނާއި، އައު ސަރުކާރުގެ ކެބިނެޓުކަމަށް ވިދާޅުވެ މައުލޫމާތުކެއް ދަނީ ދައުރުވަމުންނެވެ. އެގޮތުން، އައު ސަރުކާރުގެ ކެބިނެޓުގައި ޕީޕީއެމް/ޕީއެންސީ ގެ އިސް ބޭފުޅުންގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅުނު އެމްއެންޕީ ގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް