ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 05:28
އެޗްއާރުސީއެމް
އެޗްއާރުސީއެމް
ރާއްޖެ އެމްވީ
ސިޔާސީ މަޝްރަހު
ގައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި
 
ރައްޔިތުންގެ ނިންމުމަށް އިޙްތިރާމުކުރުމަށް ވެސް އެ ކޮމިޝަންގެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ
 
ދިމިޤްރާތީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށް އެޗްއާރްސީއެމުން ގޮވާލާ
 
ރިޔާސީ އިންތިޚާބު ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކަށް ހަމަލާ ދީފައިވޭ

ގައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކާމިޔާބުކުރައްވާފައެވެ. އެޗްއާރްސީއެމުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދިމިޤްރާތީ އުޞޫލުން ރައްޔިތުން ބައިވެރިވެ ނިންމާ ނިންމުން ބަލައިގަތުމަށް ގޮވާލާ ކަމަށެވެ. އަދި ދިމިޤްރާތީ ގޮތުން ނިންމާފައިވާ ރައްޔިތުންގެ އެ ނިންމުމަށް އިޙްތިރާމުކުރުމަށް ވެސް އެ ކޮމިޝަންގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ ގައުމުގެ ސިޔާސީ މަޝްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ކޮމިޝަންގެ ފަރާތުން ވަނީ ބުނެފައެވެ.

ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ސުލްހަ މަސަލަސްކަން ޤާއިމްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެޗްއާރްސީއެމުން މިފަދަ އިލްތިމާސެއް ކޮށްފައި މި ވަނީ ރިޔާސީ އިންތިޚާބު ކުރިއަށް ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކަށް ހަމަލާ ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި އިންތިޚާބުގެ ފަހުން ވެސް ސިޔާސީ ޕާޓީތަކުގެ ދިދަތައް ކެނޑުމާއި ޕޯސްޓަރުތައް ހަލާކުކޮށް ވީދުން ފަދަ މަސްލަހަތު ގެއްލުމަށް މަގުފަހިވާ ކަންކަން ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި