ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 13:19
 ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު
ވޯޓުލާ މަރުކަޒުގެ އެކްސެސިބިލިޓީ
ވޯޓުލާ މަރުކަޒުގެ އެކްސެސިބިލިޓީ ރަނގަޅުކުރަން އީސީ އާއެކު ވަނީ ވާހަކަދެކެވިފައި - އެޗްއާރްސީއެމް
 
އެކްސެސިބިލިޓީގެ މައުލޫމާތު އާއްމުންނަށް އެހާ ރަނގަޅަށް ބައެއް ހާލަތުތަކުގައި ނޭންގޭކަން އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާހަގަކުރެވުނު
 
އެކްސެސިބިލިޓީ އަށް އީސީން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވަނީ ވިދާޅުވެފައި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުގެ އެކްސެސިބިލިޓީ ރަނގަޅުކުރަން އިލެކްޝަންސް ކޮމިޝަނާއެކު ވަނީ ވާހަކަދެކެވިފައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ކޮމިޝަންގެ އިބްތިދާއީ ހޯދުންތައް އިލެކްޝަންސް ކޮމިޝަނާއި ހިއްސާކޮށްފައިވާ ކަަމަށެވެ. އަދި އެކަންކަމުގެ އަލީގައި ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ކޮމިޝަނުން ގެންނަން ބޭނުންވާ ބަދަލުތަކަކީ ކޮބާކަން ބުނެދީފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ. އެޑްވައިޒަރީ ކޮމިޓީ އާވެސް ބައެއްކަންކަން ހިއްސާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންކަމާއި މެދު ވެސް އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލާ މަރުކަޒުތަކުގައި ހުންނަ ގަލަންތައް ދެލި ހިނގާކަން ކަށަވަރުކުރަން ވެސް ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށް މޫމިނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ހުރި އެކްސެސިބިލިޓީގެ މައުލޫމާތު އާއްމުންނަށް އެހާ ރަނގަޅަށް ބައެއް ހާލަތުތަކުގައި ނޭންގޭކަން އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އޮފިޝަލުން މަދުވުމުން އެ މައުލޫމާތުތައް ނުދެވިވާކަން ފާހަގަކުރެވުނު ކަމަށާއި ހަމައެހެންމެ ވޯޓުލާ މަރުކަޒަށް ވަންނަން ރެމްޕް ބަަހައްޓާދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އީސީން އެކަމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ބުނެފައިވާކަމަށް މޫމިނާ ވިދާޅުވިއެވެ.

މޫމިނާ ވިދާޅުވީ އިންތިޚާބު އެކަށީގެންވާ ގޮތެއްގައި މޮނިޓަރކުރުމަށް ޓަކައި ޤާނޫނުތަކާއި ގަވާއިދުތަކުގެ ރިވިއު އެއްވެސް ހަދާފައިވާ ކަމަށެވެ. ވޯޓަރ އެޑިއުކޭޝަން މަސައްކަތްތައް ވެސް އެޗްއާރްސީއެމުންކޮށްފައިވާ ކަމަށާއި ބައިނަލްއަޤުވާމީ މިންގަނޑާއި އެއްގޮތަށް ކަންކަން ހިނގާކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރާއި އެއްގޮތަށް މި ފަހަރުވެސް ރިޔާސީ އިންތިޚާބުގެ ކަންކަން މޮނިޓަރކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާކަން ކަށަވަރުކުރުމުގައި އެޗްއާރްސީއެމްގެ ދައުރު އަދާކުރަމުންދާނެ ކަމުގެ ޔަޤީންކަން މޫމިނާ ވަނީ ދެއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
މާލީ ބަޔާނާ ގުޅިގެން ޒަމީލް ޖޫރިމަނާކުރި ކުރުން ފަސް ކުރުމުގެ އަމުރެއް ނެެރެނުދިން
ރިޔާސީ އިންތިޚާބު 2023ގައި އެންމެ ބޮޑު ޚަރަދެއް ކުރެއްވީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް