ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:25
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
މަޖިލިސް
ޕީޖީ އޮފީސް
ޕީޖީ އޮފީހާއި ގުޅޭގޮތުން ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވަނީ ހަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް: ޕީޖީ އޮފީސް
 
މައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތި
 
ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތި

"ދިޔަރެސް" ނޫހުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް އަދި ޕްރޮސިކިއުޓަރ ޖެނެރަލްއަަށް ނިސްބަތްކޮށް ލިޔުންވާފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އެހެން ބުނެފައިވަނީ "ސަރުކާރުގެ ބައެއް ވެރިންގެ އޮފީސްތައް ހުސްކުރަން ފަށައިފި" މި ސުރުޚީގެ ދަށުން އޮންލައިން ނޫސް ދިޔަރެސްގައި ޝާއިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެންނެވެ.

އެ ޚަބަރުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް އެ އޮފީހުގެ ގިނަ ލިޔެކިޔުންތަކެއް ނައްތާލާފައިވާ ކަމަށާއި، ޚާއްސަކޮށް ރައީސް ޔާމީނާއި ގުޅޭ މައްސަލަތަކުގައި ހުރި ބައެއް ލިޔެކިޔުންތައް ނައްތާލާފައިވާކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، "ދިޔަރެސް" ނޫހުގައި އެ އޮފީހަށް އަދި ޕްރޮސިކިއުޓަރ ޖެނެރަލްއަަށް ނިސްބަތްކޮށް ލިޔެފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.  

ޕީޖީ އޮފީހުން ބުނީ، އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތި ކަމަށެވެ.

އަދި މައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތި ކަމަށާއި، އެ އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެތި ނޫންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، އެ އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެއް ކަމަށެވެ.

އަދި އެ އޮފީހުގެ ލިޔުންތަކަކީ ވަކި ހަމައަކުން އާރކައިވް ކުރެވެމުންދާ ތަކެތި ކަމަށާއި،  ޑިޖިޓަލް އަދި ފިޒިކަލް އާރކައިވް ކުރެވޭކަންވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި އެއްބަސްވި މީހާއަށް ދައުވާނުކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި