ކ. މާލެ
|
12 ސެޕްޓެންބަރ 2023 | އަންގާރަ 18:50
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ވިކްޓިމް ސަޕޯޓް
ވިކްޓިމްއަށް، އެމީހާގެ މައްސަލަ ހިނގާގޮތް، އޮންލައިންކޮށް ބެލޭގޮތް ހަމަޖައްސައިފި
 
މިއީ، އަނިޔާލިބޭ މީހާ ބާރުވެރިކުރުވައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އޭނާގެ މައްސަލަ ހިނގާކަން އޭނާއަށް އަންގައިދޭންކުރާ ކަމެއް
 
އެމައްސަލައިގައި ދަޢުވާލިބުނު މީހާއާއި، އެމީހާއަށް ކުރާ ދަޢުވާއާއި ދަޢުވާ ކުރާ ސަބަބާއި، އެމައްސަލައެއް މިހާރު އޮތް ހިސާބު ފެންނާނެ
 
އެމައްސަލައެއް އޮތް ކޯޓަކާއި އެމައްސަލަ ތާވަލުކުރި ދުވަސްދުވަހު ހިނގައިފައިވާ ކަންކަމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާނެކަންކަންވެސް ފެންނާނެ

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި، "ވިކްޓިމް ސަޕޯޓް" ޓެބެއް ތަޢާރަފުކޮށް، އެމީހަކު ވިކްޓިމްއަކަށްވީ މައްސަލައެއް ހިނގަމުންދާގޮތް، އެމީހަކަށް އަމިއްލައަށް (އިތުރު މީހަކާ ގުޅަން ނުޖެހި) ބަލައިލެވޭގޮތް ހަމަޖައްސައިފިއެވެ.

ވިކްޓިމްއަކަށްވީ މައްސަލައެއް ހިނގަމުންދާގޮތް، އެމީހަކަށް އަމިއްލައަށް ބެލޭގޮތަށް ހަދާފައިވާ އިރު މިބަދަލާއެކު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ހާމަކަން އިތުރުވެ، މީހުންގެ އިތުބާރާއި ޔަޤީންކަން މިނިޒާމަށް ލިބިގެންދާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.  

މީގެ އިތުރުން ވިކްޓިމްގެ އިތުރުން، މައްސަލައެއްގައި ދައުވާލިބޭ މީހާއަށްވެސް އެމީހާގެ މައްސަލަ ހިނގަމުންދާގޮތް، މިނިޒާމުގެ ތެރެއިން ބަލައިލެވޭނެއެވެ. ވިކްޓިމްއަށާއި ދައުވާލިބޭ މީހާއަށް، އެމައްސަލައެއް އޮތް ކޯޓަކާއި އެމައްސަލަ ތާވަލުކުރި ދުވަސްދުވަހު ހިނގައިފައިވާ ކަންކަމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހިނގާނެކަންކަންވެސް ފެންނާނެއެވެ. 

އޭގެ ތެރޭގައި، އެމައްސަލައިގައި ދަޢުވާލިބުނު މީހާއާއި، އެމީހާއަށް ކުރާ ދަޢުވާއާއި ދަޢުވާ ކުރާ ސަބަބާއި، އެމައްސަލައެއް މިހާރު އޮތް ހިސާބު ފެންނާނެއެވެ. އެމައްސަލަ އޮތް ކޯޓާއި، އެކޯޓުގައި މައްސަލައިގެ ޝެޑިއުލްތައް ހިނގަމުންދާގޮތްވެސް ބަލައިލެވޭނެއެވެ. މައްސަލަ ތާވަލުކުރި ދުވަހު ކަންހިނގައިދިޔަ ގޮތްވެސް ފެންނާނެއެވެ. އެމައްސަލައިގައި ސާފުނުވާ ކަމެއް އޮވެގެން ސިޓީއެއް ފޮނުވަން ބޭނުންވިޔަސް، އެސިޓީ ފޮނުވައި، ވެބްސައިޓުގެ ތެރެއިން އެސިޓީގެ ޖަވާބުވެސް ލިބޭނެއެވެ. ސިޓީ ހިފައިގެން ޕީޖީ އޮފީހަށް ދާކަށް ނުޖެހޭނެއެވެ.

މިކަމާ އިތުރު މީހަކަށް ނުވަތަ ތަނަކަށް ގުޅާކަށް ނުޖެހޭނެއެވެ. މިއީ، އަނިޔާލިބޭ މީހާ ބާރުވެރިކުރުވައި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އޭނާގެ މައްސަލަ ހިނގާކަން އޭނާއަށް އަންގައިދޭންކުރާ ކަމެކެވެ. އޭނާއަށް އިންޞާފު ހޯދައިދޭން ކުރާ މަސައްކަތުގައި ބައިވެރިވާން ދެވޭ ދައުވަތެކެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ހާމަކަން އިތުރުކޮށް، މިނިޒާމަށް މީހުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިމަސައްކަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކޮށް، ކުށުގެ ޝިކާރައަކަށްވާ މީހާއަށް ދައުލަތުގެ ހުރިހާ ތަނަކުން ލިބޭނެކަމަށް ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ޚިދުމަތްތަކާބެހޭ މަޢުލޫމާތާއި، އެޚިދުމަތްތައް ހޯދަން ފުރަންޖެހޭ ފޯމުތަކާއި، ކުރަންޖެހޭ ކަންތައްތައްވެސް، މިދެންނެވި ވެބްސައިޓުގެ ތެރެއިން ލިބޭގޮތް ހަމަޖައްސާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި
ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޑައުންލޯޑްކޮށް ގެންގުޅޭ މައްސަލައެއްގައި އެއްބަސްވި މީހާއަށް ދައުވާނުކޮށް، އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފި