ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 07:27
ހޯރަފުށި މަގުތަކުގައި ތާރު އަޅާފައި
ހޯރަފުށި މަގުތަކުގައި ތާރު އަޅާފައި
އެމްޓީސީސީ
ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިއްޖެ
 
މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 73.83 މިލިއަން ރުފިޔާއަށް

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު މުޅި ޖުމްލަ މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 32,821 އަކަމީޓަރުގެ ދުއްވާ ސަރަހައްދު ހެދުމާއި، 11,736 އަކަމީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 73.83 މިލިއަން ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް