ކ. މާލެ
|
29 ޖޫން 2023 | ބުރާސްފަތި 04:21
88 ނަންބަރު ޖާޒީގައި ޕެސިލިޗް
88 ނަންބަރު ޖާޒީގައި ޕެސިލިޗް
ގޫގުލް
އިޓަލީ
އިޓަލީން އެންޓި ސެމިޓިޒަމް ކެމްޕޭނުގެ ދަށުން ކުޅުންތެރިން 88 ނަމްބަރު ޖާޒީ ބޭނުންކުރުން މަނާކޮށްފި
 
ނަމްބަރު 88 އަކީ "ހެއިލް ހިޓްލަރ" ގެ ނިއުމަރިކަލް ކޯޑެއް

އިޓަލީގެ ފުޓުބޯޅަ ކުޅުންތެރިން 88 ނަމްބަރު ޖާޒީ ބޭނުންކުރުން މަނާކުރަން ނިންމައިފިއެވެ.

އެންޓިސެމިޓިޒަމް އާ ދެކޮޅަށް މަސައްކަތް ކުރުމަށް އިޓަލީން އިސްނަގައިގެން އަންގާރަ ދުވަހު ވަނީ މިކަން އިއުލާނުކޮށްފައެވެ. ނަމްބަރު 88 އަކީ "ހެއިލް ހިޓްލަރ" ގެ ނިއުމަރިކަލް ކޯޑެކެވެ.

މިދިޔަ މާޗް މަހު "ހިޓްލަރސަން" ނަމާއި 88 ނަމްބަރު ޖަހާފައިވާ ލާޒިއޯ ޖާޒީއެއް ލައިގެން ހުރި ސަޕޯޓަރަކު ރޯމަން ކްލަބުގެ މެޗުތަކަށް ދިއުން އުމުރަށް ސަސްޕެންޑު ކުރިއެވެ.

އިޓަލީ ސަރުކާރާއި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) ގުޅިގެން ކުރިއަށް ގެންދާ މި އިސްނެގުމުގައި އިންޓަނޭޝަނަލް ހޮލޮކޮސްޓް ރިމެމްބަރެންސް އެލަޔަންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކޯޑް އޮފް އެތިކްސް އެއް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ބެލޭނެ ފަދައިން، ސެމިޓިކް އާ ދެކޮޅު ވާހަކަތައް ނުވަތަ އަމަލެއް ހިންގައިފި ނަމަ ކުޅިވަރުތައް މެދުކަނޑާލަން ވެސް އެ އިސްނެގުމުގައި ވަނީ ގޮވާލާފައެވެ.

އިޓަލީގެ އިންޓީރިއާ މިނިސްޓަރު މަޓިއޯ ޕިއަންޓެޑޯސީ ވިދާޅުވީ މި ފިޔަވަޅުތަކަކީ ސްޓޭޑިއަމްތަކުގައި ގިނަ ފަހަރަށް އުފެދޭ ކެތްނުކުރެވޭ ފަދަ ނުފޫޒުތަކަށް އެކަށީގެންވާ އަދި ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ.

މިވަގުތު އެހާ ގިނަ ކުޅުންތެރިން 88 ބޭނުން ނުކުރިނަމަވެސް މީގެކުރިން އިޓަލީ ލީގުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މި ނަންބަރު ބޭނުންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް