ކ. މާލެ
|
12 ޖޫން 2023 | ހޯމަ 12:39
އޮސްޓްރޭލިޔާގައި ފުރޮޅާލި ބަސް
އޮސްޓްރޭލިޔާގައި ފުރޮޅާލި ބަސް
އީޕީއޭ
އޮސްޓްރޭލިޔާގައި ބަހެއް ފުރޮޅާލުން
އޮސްޓްރޭލިޔާގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 10 މީހުން މަރުވެއްޖެ
 
ބަހުގެ ޑްރައިވަރަކަށް އިން އުމުރުން 58 އަހަރުގެ މީހާ ވަނީ ފުލުހުން ހައްޔަރުކޮށްފައި

އޮސްޓްރޭލިޔާގެ ނިއު ސައުތުވޭލްސްގައި ކައިވެނި ހަފްލާއެއްގައި ބައިވެރިވި ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 10 މީހުން މަރުވެ 25 މީހުންނަށް އަނިޔާ ލިބިއްޖެއެވެ.

ބަސްދަތުރުކުރީ އާދީއްތަ ދުވަހުގެރޭ އޮތް ކައިވެނި ހަފްލާއެއްގައި ބައިވެރިވި ބަޔަކު ގޮވައިގެން އެމީހުން ތިބޭ ހޮޓަލަށް ދިޔުމަށް ކަމަށް ވެއެވެ. ބަސްފުރޮޅާލާފައިވަނީ ހައިވޭއަކުން ފައިބާ ރައުންޑަބައުޓެއް ކައިރިން ޔޫޓާރނެއް ނަގަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާއާއި ގުޅިގެން ބަހުގެ ޑްރައިވަރަކަށް އިން އުމުރުން 58 އަހަރުގެ މީހާ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށްދާނެ ކަމަށް ދަނީ ބެލެވެމުންނެވެ. އަނިޔާވި ބައެއް މީހުންގެ ހާލު ސީރިއަސްކަމުން ހެލިކޮޕްޓަރުގައި ވެސް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

މިހާދިސާއާއި ގުޅިގެން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވީ މިއީ އުފާވެރި މުނާސަބަތަކާ ދިމާކޮށް ހިނގި ވަރަށް ވެސް "ރަހުމެއްނެތް" އަދި އެހާމަ ހިތާމަވެރި ކަމެއް ކަމުގައެވެ. އުފާވެރި ދުވަހެއްގެ ނިމުން މިފަދަ ގޮތަކަށް އައުމުން އެކަމުން އެންމެނަށް ވެސް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ހާދިސާގައި އަނިޔާވި އެންމެނަށް ވެސް އަވަސް ޝިފާއެއް އެދިވަޑައިގެން ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް