ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 12:33
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި
އައްމަޓީ މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި
ރާއްޖެއެމްވީ
އައްމަޓީ މައްސަލައިގެ އިސްތިއުނާފު
އައްމަޓީ ދޫކޮށްލި މައްސަލައިގެ ހުކުމް މާދަމާ
 
ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައި
 
ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައި
 
މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ބުނެފައިވަނީ ރަނގަޅަކަށްނޫން

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެމައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަޔާންކޮށް, ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމްކުުރުމުގެ އަޑުއެހުން ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00އަށެވެ.

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރުކަން ބަޔާންކޮށް، ދައުލަތުން ހުށައެޅި އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ 6 އޭޕްރީލްގައެވެ. ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އިސްތިއުނާފު ގަޑި ގުނާނީ ދަށު ކޯޓުގެ އަމުރު ނެރޭތާ ހުއްޓުމެއް ނެތި 48 ގަޑިއިރު ހަމަވާ ވަގުތަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރަމުން ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނާނީ، ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހާ ދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށެވެ.

ވީއިރު، މިމައްސަލައިގައި 20 މާރިޗު 2022އަކީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސްކަމަށް ވުމުން، އެއީ ނުގުނާނެ ދުވަހެއްކަމަށް ދައުލަތުން ދެކެއެވެ. މުއްދަތު ގުނާނެ ގޮތް ގާނޫނުގައި ނެތްކަމަށް ހައިކޯޓުން ބުނެފައިވަނީ ރަނގަޅަކަށް ނޫން ކަމަށާއި، އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބައޮތްކަމަށްވެސް ދައުލަތުން ބުނެއެވެ.

އެހެންނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00ގައި ކަމަށްވާއިރު، 48 ގަޑިއިރު ހަމަވާނީ މާރޗު 22 ވީ އަންގާރަ ދުވަހުގެ 15:59އާ ހަމައަށް ކަމަށް އޭނާގެ ވަކީލުން ދެކެވަޑައިގަންނަވައެވެ.

ދައުލަތުން އެ އަމުރު އިސްތިއުނާފުކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12ގައެވެ. ދައުލަތުން ބުނާގޮތުގައި، ފުރަތަމަ މަރުހަލާއިން ކޯޓުން ނިންމާ ދުވަހާއި އިސްތިއުނާފު މުއްދަތު ހަމަވާ ދުވަސް ނުހިމަނައި މުއްދަތު ގުނާއިރު، 48 ގަޑިއިރު ހަމަވާނީ 23 މާރޗަށް ނަމަވެސް، އެއީ ގުނާނެ ދުވަހެއްނޫނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް