ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 11:52
ހުސައިން ޒަހީން- ހޯމަ ދުވަހު މިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި
ހުސައިން ޒަހީން- ހޯމަ ދުވަހު މިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި
ރާއްޖެއެމްވީ
އަރުޝަދުގެ ޑްރަޑް ނެޓްވޯކު
އަރުޝަދުގެ ޑްރަޑް ނެޓްވޯކުގައި ހިމެނޭ ޒަހީންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ނިމުމަކާއި ގާތަށް
 
ހޯމަ ދުވަހު މިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި
 
ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމްގެ މައްޗަށް
 
ދެން އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުން

މާލޭގެ ފަސް ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގައި ކުށް ސާބިތުވި، ހުސައިން ޒަހީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ. އެގޮތުން މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

މި މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދާފައިވެއެވެ. 

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރީ މި ނެޓްވޯކުގެ އިސްމީހާކަމަށް ބުނާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ އިތުރުން، އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމްގެ މައްޗަށެވެ.

އެހެންނަމަވެސް، މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމްގެ މައްޗަށެވެ. ދެން ތިބި މީހުން ދޫވިއިރު، އޭގެ ތެރޭގައި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށްބުނާ އަރުޝަދުވެސް ހިމެނެއެވެ. އެއީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޒަހީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ހޯމަ ދުވަހު މިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. އެގޮތުން ޒަހީންގެ ފަރާތުންވެސް އަދި ދައުލަތުގެ ފަރާތުންވެސް ވަނީ ޚުލާސާ ގޮތެއްގައި އިސްތިއުނާފީ ނުކުތާތަކަށް ވާހަކަ ދައްކާފައެވެ.

ޒަހީންގެ ވަކީލު ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެއްޗާއި ޒަހީނާއި ގުޅުވާދެނީ ހަމައެކަނި އޭނާއާއި ގުޅުންހުރިކަމަށް ބުނާ ތަޅުދަނޑިއެއްގެ ސަބަބުންނެވެ. އެ ތަޅުދަނޑިއަކީ ޒަހީން އޭރު އުޅެމުންދިޔަ ގޭގައި ހުރި ކޮޓަރިއެއްގެ ކަބަޑު ހުޅުވުމަށް ބޭނުންކުރާ ތަޅުދަނޑިއެއް ނަމަވެސް، އެއީ އެހެން ބަޔަކު އުޅެމުންދިޔަ ކޮޓަރިއެއްކަމަށް ވަކީލު ވިދާޅުވެއެވެ. ވުމާއެކު، ޒަހީންއަށްވުރެ ބޮޑަށް އެ ކޮޓަރީގައި ދިރިއުޅޭ މީހުންގެ ހިޔާޒަތު އެ ތަޅުދަނޑީގެ މައްޗަށް އޮންނާނެކަން ވަކީލު ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތަޅުދަނޑި ފެނުނު ގޮތާއި ގުޅޭގޮތުން ހެކިވެރިން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ވަކީލު ވިދާޅުވިއެވެ. ބައެއް ހެކިން ބުނެފައިވާ ގޮތުގައި ތަޅުދަނޑި ފެނުނީ އޭނާގެ އަންނައުނުތަކެއްގެ ދަށުންނެވެ. އަނެއްބައި ހެކިން ބުނެފައިވާ ގޮތުގައި އެ ތަޅުދަނޑިއަކީ އަބަދުވެސް އޭނާގެ ފަޓުލޫނުގައި އަޅުވާފައި އޮންނަ ތަޅުދަނޑިއެކެވެ.

ހަމައެއާއެކު، އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ތަޅުދަނޑިއެއް ފެނިފައިނުވާކަމަށް ބައެއް ހެކިން ވަނީ ބުނެފައެވެ.

ޒަހީނުގެ ވަކީލު ވިދާޅުވި ގޮތުގައި ބައެއް ހެކިވެރިންގެ ވާހަކަތަކަށް ބަލާއިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި އެ ކަބަޑަކީ އޭރު ތަޅުލާފައި ހުރި ކަބަޑެއްކަމާއިމެދުވެސް މިހާރު ވަނީ ޝައްކު އުފެދިފައެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި ޒަހީނުގެ ވަކީލު ދެން ފާހަގަކުރައްވާ އަނެއް ނުކުތާއަކީ މި މައްސަލައިގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ފެނިފައިވާ މަސްތުވާތަކެތީގެ ޖުމުލަ ބަރުދަންވެސް ދިމާނުވާ ކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުންވެސް ރައްދު ދީފައިވާއިރު، ދައުލަތުގެ ވަކީލު ވަނީ މި މައްސަލައިގައި ޒަހީނާއި ގުޅުންހުރި މަސްތުވާތަކެތީގެ ބަރުދަނަށް ބަލާއިރު، ޓްރެފިކިންގެ ދައުވާ ކުރެވޭ މިންވަރަށް ފުރިހަމަވާކަމަށް ވިދާޅުވެފައެވެ. ދައުލަތުން އެދިފައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ނިންމަވައިދެއްވުމަށް އެދިލައްވާފައެވެ.

މި މައްސަލައިގައި ފަނޑިޔާރުން ސާފުކުރައްވަން ބޭނުންވާ އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް